Advertisement

ވާވޮށި ޓާޓަލް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓުނަރަކަށް ދިރާގު

26 އޮކްޓޯބަރު 2022 - 20:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވާވޮށި ޓާޓަލް ފެސްޓިވަލުގެ ޑިޖިޓަލް ޕާޓުނަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ދިރާގު


ވާވޮށި ޓާޓަލް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓުނަރަކަށް ދިރާގު

26 އޮކްޓޯބަރު 2022 - 20:51 0

ވެލައާ ގުޅޭ ފެސްޓިވަލް، "ވާވޮށި ޓާޓަލް ފެސްޓިވަލް 2022" ގެ ޑިޖިޓަލް ޕާޓުނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ބައިންލައަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކުރާ މި ފެސްޓިވަލް މި މަހުގެ 29 ގައި ކުރިއަށްދާނީ ނ.ޅޮހި، ރ.ފައިނު، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ހުރާ، ކ.މާފުށި، ވ.ކެޔޮދޫ އަދި ސ.ފޭދޫ، ހިމެނޭހެން ނުވަ ރަށުގައި އެއްފަހަރާ އެވެ.

އެ ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެން ކުރިއަށް ގުޅިގެން ކުރިއަށް ގެންދާ މި ފެސްޓިވަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަ ކުރުމާއި ރާއްޖޭގައި އުޅޭ ވެލަޔާއި އަދި އެނޫން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރު ކުރުމެވެ.

ފެސްޓިވަލުގެ ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފު ކުރުމާއި، ހޭލުންތެރި ކުރުމުގެ ސެޝަންތައް ހިމެނެ އެވެ. އޭގެ އިތުރުން "ވާވޮށި ފެސްޓިވަލް ރެލީ" ގެ ނަމުގައި ބާއްވާ ޕެރޭޑެއްގައި ވެލާ ހިމާޔަތް ކުރުމަށް ދަރިވަރުން ވައުދެއް ވުން ހިމެނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.