Advertisement

ބިލްބާއޯ ފަސޭހައިން ބަލިކޮށް ބާސެލޯނާ އިން ފަރަގުކުޑަކޮށްފި

24 އޮކްޓޯބަރު 2022 - 07:48 0

ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ޑެމްބެލޭ އުފާފާޅުކުރަނީ: އޭނާ ވަނީ ބާސެލޯނާގެ ތިން ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފައި.-- ފޮޓޯ: އޭއެފްޕީ


ބިލްބާއޯ ފަސޭހައިން ބަލިކޮށް ބާސެލޯނާ އިން ފަރަގުކުޑަކޮށްފި

24 އޮކްޓޯބަރު 2022 - 07:48 0

ބާސެލޯނާ (އޮކްޓޫބަރު 24) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 4-0 އިން ހޯދި ފަސޭހަ މޮޅާ އެކު ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.

ހޮނިިހިރު ދުވަހުގެރޭ ސެވިއްޔާ ބަލިކޮށް ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، ރޭ ބާސެލޯނާ ހޯދި މޮޅާ އެކު ރެއާލްގެ ލީޑު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. މި ހަފްތާގެ މެޗުތަކަށް ފަހު، ރެއާލް އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވަނީ 11 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.

ބާސެލޯނާ ދަނޑުގައި ރޭގެ މެޗު ފަށައިގެން 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. މިއީ ރޮބަޓް ލެވަންޑޯސްކީ ނެގި ހުރަަހަކުން ޑެމްބެލޭ ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން، ބާސެލޯނާ އިން ލީޑުފުޅާކުރީ ސާޖީ ރޮބާޓޯ ޖެހި ގޯލުންނެވެ. ޑެމްބެލޭ ދިން ބޯޅައެއް އޭރިއާތެރެއިން ސާޖީ ރޮބާޓޯ ގޯލަށް ފޮނުވާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ބިލްބާއޯގެ ޑިފެންޑަރެއް ގައިގައި ޖެހިފަ އެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ބާސެލޯނާ އިން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ ޑެމްބެލޭ އޭރިއާތެރެއިން ލެވަންޑޯސްކީ އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ހުރަސްދާގަނޑަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ. މިއީ ބާސެލޯނާ އަށް ލެވަންޑޯސްކީ ޖަހައިދިން 16 ވަނަ ގޯލެވެ. އޭގެ ތެރެއިިން 11 ގޯލު ޖެހީ ލީގުގަ އެވެ.

ބާސެލޯނާ އިން ތިން ގޯލުގެ ލީޑެއް ނެގި ފަހުން ބިލްބާއޯ އިން ޑިފެންސަށް ސަމާލުވެގެން ކުޅެން ފެށި އެވެ. ނަތީޖާ އަކަށްވީ ބާސެލޯނާ އަށް ލިބޭ ފުރުސަތުތައް ވެސް މަދުވާން ފެށުމެވެ. އެކަމަކު، ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ފުރުސަތެއް ހޯދައި، ހަަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ޑެމްބެލޭ ދިން ބޯޅައަކުން މި ގޯލު ޖެހީ ފެރާން ޓޯރޭޒް އެވެ.

މި ހަފްތާގައި ރެއާލް ސޮސިއެޑާޑް ކުޅުނު މެޗުން ބަލިވުުމުން އޭގެ ފައިދާނެގެން އޮތީ އެތުލެޓިކޯ މެޑްރިޑާއި ރެއާލް ބެޓިސް ކުޅެގެން މޮޅުވާ ޓީމަކަށެވެ. އެތުލެޓިކޯ އިން ވަނީ ބެޓިސް ދަނޑުގައި 2-1 އިން މޮޅުވެ، ލީގުގެ ތިން ވަނަަ އަށް ޖެހިލައިފަ އެވެ. އެތުލެޓިކޯގެ ދެ ގޯލު ވެސް ޖެހީ އޮންޓޮއިން ގްރީޒްމަން އެވެ. ބެޓިސްގެ ހަަމައެކަނި ގޯލު ކާމިޔާބުކުރީ ނަބީލް ފެކީރް އެވެ.

ތިން ވަނައިގައި އެތުލެޓިކޯ އޮތީ 11 މެޗުން 23 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ސޮސިއެޑާޑް އޮތީ 11 މެޗުން 22 ޕޮއިންޓާ އެކު އެވެ. ބެޓިސް ފަސް ވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.