Advertisement

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އެމްއައި، މެޕްސް، ސީއެފްއެސް އަދި އެމްއެންޔޫ ބީއެސް ސެމީ އަށް

23 އޮކްޓޯބަރު 2022 - 18:24 0


އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އެމްއައި، މެޕްސް، ސީއެފްއެސް އަދި އެމްއެންޔޫ ބީއެސް ސެމީ އަށް

23 އޮކްޓޯބަރު 2022 - 18:24 0

މިހާރު ކުރިއަށްދާ ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުން އެމްއައި ކޮލެޖާއި މެޕްސް ކޮލެޖާއި ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީއެފްއެސް) އަދި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) ފުރުސަތު ހޯދައިފި އެވެ.

އަންހެން ޑިވިޝަން ސެމީ ފައިނަލުން ފުރުސަތު ހޯދީ އެމްއެންޔޫ ބީއެސް، ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އަދި ކްލިކް ކޮލެޖާއި ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) ވެސް ވަނީ ސެމީ އެވެ.

މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ފައިނަލް މެޗުތައް އޮތީ ހުކުރު ދުވަހު އެވެ.

އެމްއައި ކޮލެޖް ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ފަހު ވަގުތު އަހުސަމް ހަސަން ދީދީ ކާމިޔާބުކުރި ލަނޑާ އެކު މޯލްޑިވްސް ޕޮލެޓިކްނިކް 1-0 އިން ބަލިކޮށްގެންނެވެ. އެމްއައި އަކީ މުބާރާތް 2017 ވަނަ އަހަރު ބޭއްވިއިރު، ޗެމްޕިއަން ޓީމެވެ.

ކުއާޓާގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ މައްޗަށް 4-2 އިން ކުރިހޯދައި މެޕްސް ކޮލެޖުން ސެމީ ފައިނަލަށް ދަތުރުކުއިރު، މެޕްސް ކޮލެޖްގެ އާދަމް މަންސޫރު މި މެޗުގައި ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ އަލީ ޝާޒް ހިލްމީ އެވެ. ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ގޯލުތައް ޖެހީ މުހައްމަދު އުލްވާން އާއި އަހުމަދު އިބްތިސާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސީއެފްއެސް ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަތުން 6-1 އިން މޮޅުވެގެންނެވެ. ފެސްޓަށް އަލީ ސަމޫހު ލީޑުނަަގައިދިން މި މެޗުގައި ސީއެފްއެސްގެ ގޯލުތައް ޖެހީ އަހުމަދު ރާހިލް ރަޝީދާއި ތަސްނީމު އަބްދުﷲ ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަބްދުﷲ އަމިން އަލީ އަދި އަހުމަދު އިހާން އިނާޒް އެވެ.

ބިޒްނަސް ސްކޫލުން ކުއާޓާގައި ކުޅުނު މެޗުގައި ކްލިކް ކޮލެޖް އަތުން މޮޅުވީ 9-1 އިންނެވެ. މި މެޗުގައި ބިޒްނަސް ސްކޫލްގެ އަހުމަދު ރިޔުޝާން ވަނީ ފަސް ލަނޑު ޖަހައިފަ އެެވެ. އެ ޓީމުގެ މުހައްމަދު އަނާން ހެޓްރިކެއް ހެދިއިރު، އަބްދުﷲ ރިމާހު ވެސް ވަނީ ގޯލެއް ޖަަހައިފަ އެވެ. ކްލިކްގެ ހަމައެކަނި ގޯލު ޖެހީ އަލީ އާދަމް އެވެ.