Advertisement

ގޮއިދޫ އިސްމެޖިސްޓްރޭޓް ފުޅަދޫ ކޯޓަށް ވަޒީފާއަށް ނުކުތުމުން ސަސްޕެންޑުކޮށްފި

20 އޮކްޓޯބަރު 2022 - 11:17 0

ނިމާ ހަސަން

ނިމާ ހަސަން

ބ. ގޮއިދޫ؛ އެރަށު ކޯޓުގެ އިސްމެޖިސްޓްރޭޓް ފުޅަދޫ ކޯޓަށް ވަޒީފާއަށް ނިކުތުމުން ސަސްޕެންޑުކޮށްފި


ގޮއިދޫ އިސްމެޖިސްޓްރޭޓް ފުޅަދޫ ކޯޓަށް ވަޒީފާއަށް ނުކުތުމުން ސަސްޕެންޑުކޮށްފި

20 އޮކްޓޯބަރު 2022 - 11:17 0

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓެއްގެ ގޮތުގައި އައްޔަންކޮށްފައިވާ އަހުމަދު ނިޝާރު، އޭނާއާ ހަވާލުކޮށްފައިވާ ފުޅަދޫ ކޯޓަށް ވަޒީފާއަށް ނުކުތުމުން ސަސްޕެންޑުކޮށްފި އެވެ.

ފުޅަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކު ނެތުމުގެ ސަބަބުން އެ ކޯޓުވެސް ބަލަހައްޓަމުން ގެންދަވަނީ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓެވެ. ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް ނިޝާރު ސަސްޕެންޑުކޮށްފައި ވަނީ އޭނާ އައްޔަނުކޮށްފައިވާ ކޯޓަށް [ގޮއިދޫ ކޯޓަށް] ގަވައިދުން ނުކުމެފައި ނުވާތީ އެވެ. އަދި އޭގެ ބަދަލުގައި އޭނާ ނުކުމެފައި ވަނީ ފުޅަދޫ ކޯޓަށެވެ.

ފުޅަދޫ ކޯޓަށް ނުކުތް ކަމަށް ނިޝާރު އިއުތިރާފު ވެފައިވާއިރު، ކަމާ ބެހޭ ލިޔެކިއުމުން ވެސް އެކަން ސާބިތުވެ އެވެ.

އެހެންކަމުން އޭނާ އަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތް ކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ޖޭއެސްސީން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ވާތީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ.

އޭނާ ސަސްޕެންޑުކޮށްފައި ވަނީ މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 14 ދުވަހުގެ މުއްދަތަކަށެވެ.