Advertisement

މިޔަންމާގެ ޖަލެއްގައި ހިނގި ގޮވުންތަކެއްގައި އަށް މީހުން މަރުވެއްޖެ

20 އޮކްޓޯބަރު 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގޮވުންތައް ހިނގީ އިންސެއިން ޖަލުގައި. -- ފޮޓޯ: ގެޓީ


މިޔަންމާގެ ޖަލެއްގައި ހިނގި ގޮވުންތަކެއްގައި އަށް މީހުން މަރުވެއްޖެ

20 އޮކްޓޯބަރު 2022 - 05:37 0

މިޔަންމާގެ ޔަންގޯންގައި ހުންނަ އިންސެއިން ޖަލުގައި ހިނގި ގޮވުންތަކެއްގައި އަށް މީހުން މަރުވެއްޖެ އެވެ.

ބުދަ ދުވަަހުގެ ހެނދުނު ޖަލުގެ މައި ދޮރު ކައިރިން ގޮވުންތަކެއް ގޮވީ ދެ ބޮމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ހާދިސާގައި މަރުވީ ޖަލުގެ ތިން މުވައްޒަފުންނާއި ޖަލަށް ޒިޔާރަތް ކުރި ފަސް މީހުންނެވެ.

އިންސެއިން ޖަލަކީ މިޔަންމާގެ އެންމެ ބޮޑު ޖަލެވެ. އެ ތަނުގައި 10،000 ގައިދީން ތިބެ އެވެ. އޭގެ ތެރޭގައި ސިޔާސީ ކުށްވެރިން ގިނަ އެވެ.

ބުދަަ ދުވަހުގެ ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން މިހާތަނަށް ނުއުފުލަ އެވެ. އެ ހާދިސާގއި 18 މީހުންނަށް އަނިޔާވި އެވެ.

މި އަަހަރު ޔަންގޯންގައި ގިނަ އަދަދެއްގެ ބޮމުގެ ހަމަލާތައް ދިނެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ހަމަލާތަކަކީ ކުދި ހަމަލާތަކެކެވެ.

އެގޮތުން ހަމަލާތައް ގިނައިން ޓާގެޓް ކުރަނީ އަސްކަރީ ބަގާވާތާ ގުޅުން ހުރި ފަރާތްތަކަށެވެ. މިޔަންމާގެ ސިފައިން ބަގާވާތް ކުރީ 2021 ވަނަ އަހަރު އެވެ.