Advertisement

ބަހައްޓާނެ ޖާގަ ނެތުމުން އައްޑޫގައި ހުރި ޑީކޯ ޗެމްބަރު ތިނަދޫއަށް ގެންގޮސްފި

16 އޮކްޓޯބަރު 2022 - 12:01 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އައްޑޫގައި ހުރި ޑީކޯ ޗެމްބަރު ތިނަދޫއަށް ގެންދިއުމަށް ދޯންޏަށް އަރުވާފައި--- ފޮޓޯ: ސޯޝަލް މީޑިއާ


ބަހައްޓާނެ ޖާގަ ނެތުމުން އައްޑޫގައި ހުރި ޑީކޯ ޗެމްބަރު ތިނަދޫއަށް ގެންގޮސްފި

16 އޮކްޓޯބަރު 2022 - 12:01 1

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރި ޑީކޯ ޑީކޮމްޕްރެޝަން ޗެމްބަރު ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އެ ޗެމްބަރު ތިނަދޫއަށް ގެންގޮސްފައި ވަނީ ރޭގަ އެވެ. އެ ޗެމްބަރަކީ 2020 ވަނަ އަހަރު ތެރޭގައި ޝަންގްރިއްލާއިން އައްޑޫ ހޮސްޕިޓަލަށް ހަދިޔާކުރި ޗެމްބަރެކެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު "އަދަދު" އަށް ވިދާޅުވީ އެ ރަށުގައި ބޭނުން ކުރަމުންދިޔަ ޑީކޯ ޗެމްބަރު ތިނަދޫއަށް ބަދަލު ކުރީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހުރުމުން ކަމަށެވެ.

ތިނަދޫއަށް ގެންދިޔައީ އެ ސަރަހައްދުގެ ކޮންމެވެސް އެއް ރަށެއްގައި ބަހައްޓަން ޖެހޭތީ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހުރުމުން މިވަގުތު ނެތް ބެހެއްޓޭކަށް. އެ ބެހެއްޓުމަށް ދޫކޮށްފަ ހުންނަތާވެސް ދެ އަހަރެއްހާ ދުވަސް ވެއްޖެ. އެކަމަކު އެ ބެހެއްޓޭނެ ގޮތެއް ނެތީމަ، ކޮންމެވެސް އެއް ތަނެއްގަ ބަހައްޓަން ޖެހޭތީ އެ ރަށަށް އެ ގެންދިިޔައީ،" އޭނާ ވިދާޅުވި އެވެ.

ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫ ހޮސްޕިޓަލަށް އާ ޗެމްބަރެއް ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އައްޑޫގެ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މިއީ އައްޑޫގެ މަސްވެރިންނަށް ލިބުނު ނިކަމެތިކަމެއް ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

އައްޑޫ ސިޓީގައި ހިންގަމުން އައި ޝަންގްރިއްލާ ރިސޯޓުގައި ވެސް މީގެ ކުރިން ޑީކޯ ޗެމްބަރެއް ބެހެއްޓި އެވެ. ނަމަވެސް ފަހުން އެ ޗެމްބަރު ވަނީ ބަންދުކޮށްފަ އެވެ.