Advertisement

އެޓަލަންޓާ އެއް ވަނަ އަށް، ޔުވެންޓަސް އަށް ހަމަނޭވައެއް

16 އޮކްޓޯބަރު 2022 - 11:29 0

ޔުވެންޓަސްގެ ގޯލު ޖެހުމަށް ފަހު ވްލަހޯވިޗް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެޓަލަންޓާ އެއް ވަނަ އަށް، ޔުވެންޓަސް އަށް ހަމަނޭވައެއް

16 އޮކްޓޯބަރު 2022 - 11:29 0

މިލާން (އޮކްޓޫބަރު 16) - އިޓާލިއަން ލީގުގައި ރޭ ސަސުއޯލޯ އަތުން 2-1 އިން މޮޅުވެ، އެޓަލަންޓާ ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ޑޫސާން ވްލަހޯވިޗްގެ ހަމައެކަނި ގޯލުން 1-0 ޓޮރީނޯ ބަލިކޮށް ޔުވެންޓަސް އިން ހަމަނޭވައެއްލައިފި އެވެ.

މިއީ މި ހަފްތާގައި ލަދުވެތި ގޮތަކަށް ޗެމްޕިއަންސް ލީގުގައި އިޒްރޭލްގެ މެކަބީ ހައިފާ އަތުން ވީ ބަލި ހަނދާނުން ފޮހެލަން ޔުވެންޓަސް އަށް ލިބުނު މުހިންމު މޮޅެކެވެ. އަދި ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ލުޔެއް ހޯދަން މި މޮޅުގެ ބޭނުން ހިފޭނެ އެވެ.

އެޓަލަންޓާ އެއް ވަނައިގައި އޮތީ 10 މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނަޕޯލީ އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލާޒިއޯ އާއި ހަތަރެއްގައި އޮތް އުދިނޭޒީ އަދި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ރޯމާ އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް ރޭގެ މޮޅާ އެކު ހަތަކަށް ޖެހިލީ 10 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

އެޓަލަންޓާ މޮޅުވި ގޯލު ޖެހުމަށް ފަހު ލުކްމަން އުފާފާޅުކުރަނީ: 15 މިލިއަން ޑޮލަރުގެ ފީ އަކަށް މި ފަހަރު އެޓަލަންޓާ އަށް ބަދަލުވި ލުކްމަން އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން.--- ފޮޓޯ: އޭއެފްޕީ


އިޓަލީގެ މަޝްހޫރު ޓިއުރިން ޑާބީގައި ރޭ ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 74 ވަނަ މިނިޓްގައި ސާބިއާގެ ފޯވާޑް، ޑޫސާން ވްލަހޯވިޗް އެވެ.

ކޯނަރެއްގައި ހުއާން ކުއަޑްރާޑޯ ނެގި ބޯޅަ ޔުވެންޓަސްގެ ޑަނީލޯ ޖައްސާލި ނަމަވެސް އެ ބޯޅަ ގޯލަށް ވައްދާލީ ރަނގަޅު ތަނަށް އެރި ވްލަހޯވިޗް އެވެ. ވްލަހޯވިޗް އަކީ ޓިއުރިން ޑާބީގައި ގޯލެއް ޖެހި ސާބިއާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ރަށުންބޭރުގައި ކުޅުނު ސަސުއޯލޯ އިން ރޭގެ މެޗުގެ 41 ވަނަ މިނިޓްގައި ޖިއޯޖޯސް ކީރިއާކޮޕޮލޯސްގެ ގޯލުން ލީޑުނެގި ނަމަވެސް ކުރީގައި އޮވެގެން ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓަލަންޓާގެ މާރިއޯ ޕަސާލިޗް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި އަޑެމޯލާ ލުކްމަން ވަނީ އެޓަލަންޓާ އަށް ލީޑުނަަަގައިދީފަ އެވެ.

މިރޭ ނަޕޯލީން އަމިއްލަ ދަނޑުގައި ބޮލޯނިއާ އަތުން މޮޅުވެއްޖެނަަމަ އެޓަލަންޓާ އަށް ލީގުގެ އެއް ވަނަ މަގާމު ގެއްލޭނެ އެވެ.