Advertisement

ކޮކާކޯލާގެ ވޯލްޑް ކަޕް ޕްރޮމޯޝަންގެ ނަސީބުވެރިންނާ ބައްދަލުކޮށްފި

15 އޮކްޓޯބަރު 2022 - 23:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޮކާކޯލާ އިން މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ކޮކާކޯލާ ކޮމްޕެނީ


ކޮކާކޯލާގެ ވޯލްޑް ކަޕް ޕްރޮމޯޝަންގެ ނަސީބުވެރިންނާ ބައްދަލުކޮށްފި

15 އޮކްޓޯބަރު 2022 - 23:54 0

އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ވެސް ލިބިގެންދާ ކޮކާކޯލާ ވޯލްޑް ކަޕް ޕްރޮމޯޝަންގެ މިހާތަނަށް ހޮވުނު ނަސީބުވެރިންނާ އެ ކުންފުނީގެ އޮފިޝަލުން ބައްދަލުކޮށްފި އެވެ.

މިއަދު ހަވީރު މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ސަޔަކާ އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި މިހާތަނަށް ގުރުއަތުން ހޮވިފައިވާ ނަސީބުވެރި ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކާއި މީޑިއާތަކުން ވެސް ވަނީ ކޮކާކޯލާ ކުންފުނީގެ ދައުވަތަށް ބައިވެރިވެފަ އެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ޖުމްލަ 10 ނަސީބުވެރިއަކު ހޮވާނެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިނާމަކީ ދެ މީހަކަށް ހުރިހާ ހަރަދަކާ އެކު ލިބޭ ވޯލްޑް ކަޕު މެޗެއް ބަލައިލުމަށް ގަތަރަށް ދިއުމުގެ ފުރުސަތެވެ. މީގެއިތުރުން ޕީއެސް ފައިވް އަކާއި ވޯލްޑް ކަޕުގެ ރަސްމީ ބޯޅައެއްގެ އިތުރުން ހަތް ފަރާތަކަށް ކޮކާކޯލާ ކޭހެއް ލިބިގެންދާނެ އެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ނަސީބު ވެރިންނަށް މެޗުތައް ބަލައިލުމުގެ ފުރުސަތު ކޮކާކޯލާ އިން އަންނަނީ ދެމުންނެވެ. އެ ގޮތުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ނަސީބުވެރި ފަރާތްތަކަށް މެޗެއް ބަލައިލުމުގެ ފުރުސަތު ކޮކާކޯލާ އިން ވަނީ ދީފަ އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ކޮކާކޯލާގެ ޕްރޮމޯޝަނުގައި ބައިވެރިވި ނަސީބު ވެރިއަކު މީޑިއާ އަށް އިންޓަވިއު ދެނީ.--- ފޮޓޯ: ކޮކާކޯލާ


މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ގަންނަ ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ހަ ނަންބަރުގެ ކޯޑު 2626 ފޮނުވަން ޖެހޭނެ އެވެ. ކޮންމެ ހަފުތާއެއްގެ ގުރުއަތުލުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 19:45 އިން 19:55 އަށް ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގަ އެވެ.

މިއަދުގެ އިވެންޓުގައި ބައިވެރިވި ނަސީބުވެރިންގެ ތެރެއިން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ފަރާތުން މި ޕްރޮމޯޝަނަށް މިހާތަނަށް ކުރީ އެންމެ އެސްއެމްއެސް އެއް ކަމަށެވެ. އަދި މި ފުރުސަތު ލިބުމުން ވަރަށް ވެސް އުފާވާ ކަމަށާއި މިހާރު ހުރީ ވޯލްޑް ކަޕު ބަލައިލުމަށް ކެތްމަދުވެފައި ކަމަށް ވެސް ބުންޏެވެ.