Advertisement

ހަމަލާއަށް ފަހު، މަރުގެ ތުހުމަތު އޮތް މީހުނާއި އުދައްޔުގެ އާއިލާއާ ކުރި ޒުވާބު ކިޔައިދީފި

13 އޮކްޓޯބަރު 2022 - 10:14 0

މުހައްމަދު އުޝާމް

މ

Advertisement

މަރަލާފައިވާ އުދައްޔު: މާރާމާރީ ހިންގި ކަމަށް ކަމަށް ތުހުމަތު ކުރާ މީހުނާއި އުދައްޔުގެ އާއިލާއާ ދެމެދު ކުރި ޒުވާބު ކިޔައިދީފި


ހަމަލާއަށް ފަހު، މަރުގެ ތުހުމަތު އޮތް މީހުނާއި އުދައްޔުގެ އާއިލާއާ ކުރި ޒުވާބު ކިޔައިދީފި

13 އޮކްޓޯބަރު 2022 - 10:14 0

Advertisement

Advertisement

ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާ ދިނުމަށް ފަހު އޭނާގެ އާއިލާގެ ބައެއް މީހުނާއި މާރާމާރީގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުނާ ދެމެދު ހިނގި ޒުވާބު މިއަދު އޮތް ޝަރީއަތުގައި ކިޔައިދީފި އެވެ.

އުދައްޔަށް ދިން ހަމަލާއާ ގުޅިގެން އޭނާ މަރުވި މައްސަލާގައި، ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، މާރާމާރީއެއް ހިންގުމުގެ ދައުވާ ކޮށްފައިވެ އެވެ.

Advertisement

ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށް ކުރާ އެ ދައުވާތަކުގެ ޝަރީއަތުގައި، މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ.

މާމެންދޫގައި ހިނގި އެ މާރާމާރީގެ މަންޒަރު ދުށް މީހުން، ކާކުކަން ނޭނގޭ ގޮތަށް، އަޑު ބަދަލުކޮށް ސިއްރު ހެކިންގެ ހެކިބަސް ދެމުންދާއިރު، މިއަދު ވެސް އެއިން ހަތަރު ހެއްކެއްގެ ހެކިބަސް ނެގި އެވެ.

މިއަދު ހެކިބަސް ދިން މީހުންގެ ތެރެއިން އެކަކު ހެކިބަސް ދިނީ އުދައްޔަށް ދިން ހަމަލާއަށް ފަހު، އުދައްޔުގެ ބޭބެ މުހައްމަދާއި ފިރުޝާނާ ދެމެދު ދެން ބައިވެރިވި މީހުން ހިނގި ޒުވާބު ބުނެދިނުމަށެވެ.

Advertisement

ހެކިވެރިޔާ ބުނި ގޮތުގައި އެ ޒުވާބެއްގައި، އުދައްޔު ޒަހަމްވެގެން އެ ރަށު މަރުކަޒަށް ފަރުވާ ދޭން ގެންގޮސް އޮއްވަ އެވެ.

އުދައްޔު މަރާލިކަން ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ

ޖުވެނައިލް ކޯޓުން ބުނި ގޮތުގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ.

އުދައްޔު މަރާލިކަން ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ

ޖުވެނައިލް ކޯޓުން ބުނި ގޮތުގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ.

"އުދައްޔުގެ އެއްބަނޑު އެއްބަފާ ބޭބެ، ފުރިހަމަ ނަމެއް ނޭނގެ، ރަށު މީހުން ކިޔާނީ މުހައްމަދު، އޭނާ ގޮވި އަޑު އިވޭ، ތިމަންނަ ކޮއްކޮ މަރުވެއްޖެއްޔާ ކަލޭމެން ވެސް މަރާލާނަމޭ، ދެން އެ ރައްދުގަ މާޒިން ގޮވާ، ހޭއަރުވާލާފައޭ އޮންނާނީ،" ހެކިވެރިޔާ ބުންޏެވެ.

މާޒިންގެ އިތުރުން އުދައްޔަށް ހަމަލާދީ މަރާލި ކަމުގެ ދައުވާ ކުރާ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖާ ވެސް އެ ތަނުގައި ހުރި ކަމަށާއި އެ މީހުންގެ މައިންބަފައިން ވެސް އެ ތަނުގައި ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.

"އަހަރުމެން ދެން މިއީ މާމެންދޫގައި ކިންގްސްއޭ ވެސް މާޒިނާއި [ކުޑަކުއްޖާގެ ނަން ބުނެފައި] ގޮވި," ހެކިވެރިޔާ ބުންޏެވެ.

މަންޒަރު ދުށް ބަޔަކު ހެކިބަސް ދީފި، ބިރު ދައްކާކަމުގެ ތުހުމަތު!

މިދިޔަ އަހަރު ކުރީކޮޅު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އަހްމަދު އުދައްޔު މަރާލި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުންގެ ހެކިބަސް މިއަދު ޝަރީއަތަށް ދީފި. އަދި ހެއްކެއްގެ އަޑު ނުސާފުވުމާއެކު، ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފަ.

މަންޒަރު ދުށް ބަޔަކު ހެކިބަސް ދީފި، ބިރު ދައްކާކަމުގެ ތުހުމަތު!

މިދިޔަ އަހަރު ކުރީކޮޅު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އަހްމަދު އުދައްޔު މަރާލި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުންގެ ހެކިބަސް މިއަދު ޝަރީއަތަށް ދީފި. އަދި ހެއްކެއްގެ އަޑު ނުސާފުވުމާއެކު، ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފަ.

މާމެންދޫގައި ހިނގި މާރާމާރީގެ މަންޒަރުތައް ދުށް މީހުންގެ ތެރެއިން ސިއްރު ހެކިވެރިންގެ ގޮތުގައި މިހާތަނަށް އަށް ހެއްކެއް ހާޒިރުކޮށް ވަނީ ހެކިބަސް ނެގިފަ އެވެ.

ދައުލަތުން 20 އަށް ވުރެ ގިނަ ސިއްރު ހެކިން ހުށަހަޅާފައި އޮތް އިރު، ހާޒިރުނުކުރެވި ހުރި ހެކިންގެ ތެރެއިން ބަޔަކު އަދި ހާޒިރުކުރަން ބޭނުންވޭތޯ މިހާރު ހެކިބަސް ދިން މީހުންގެ ހެކިބަސް ދިރާސާ ކުރުމަށް ފަހު އަންގާނެ ކަމަށް ދައުލަތުގެ ވަކީލު ފަރަހަނާޒް ވިދާޅުވި އެވެ.

އެ ކަމަށް ޝަމީމާއި މާޒިންގެ ވަކީލު މުހައްމަދު ޝަހީދާއި ޝަރަފްގެ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވެސް އިއުތިރާޒް ކުރި އެވެ.

ނަމަވެސް ހެކިބަސް ދޭން ތިބި މަންޒަރު ދުށް މީހުންނަށް ބިރު ދައްކައި އިންޒާރުތައް އަންނަ ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވެސް މިއަދު ވިދާޅުވީ އެފަދަ މައުލޫމާތުތައް ޝަރީއަތަށް ވެސް ލިބެމުންދާ ކަމަށެވެ.

އެހެންވެގެން ހެކިވެރިން ހާޒިރުކުރުމަށް ދައުލަތަށް އިތުރު ފުރުސަތުތަކެއް އަދިވެސް ދޭ ގޮތަށް ކަނޑައެޅުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމައިލި އެވެ.