Advertisement

އަންނަ އަހަރު ދުނިޔޭގެ އިގުތިސާދު އިތުރަށް މަޑުޖެހޭނެ: އައިއެމްއެފް

12 އޮކްޓޯބަރު 2022 - 05:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިއެމްއެފްގެ އިގުތިސާދީ ކައުންސިލާ ޕިއާ އޮލިވިއާ ގޫރިންޗާސް. -- ފޮޓޯ: އޭޕީ


އަންނަ އަހަރު ދުނިޔޭގެ އިގުތިސާދު އިތުރަށް މަޑުޖެހޭނެ: އައިއެމްއެފް

12 އޮކްޓޯބަރު 2022 - 05:52 0

އަންނަ އަހަރު ދުނިޔޭގެ އިގުތިސާދު އިތުރަށް މަޑުޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަަފާކޮށްފި އެވެ.

ކޮވިޑް ބަލިމަޑުކަމުގެ އަސަަރު އަރައި ނުގަނެވިގެން އުޅެނިކޮށް ޔޫކްރެއިން ހަނގުރާމަ ފެށުމުން ހުރިހާ ގައުމުތަކަށް ވަނީ ދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލި، ފައިސާގެ އަގުތަކަށް ބަދަލު އައިސް، އިންޓްރެސްޓް ރޭޓް އުފުލުން ފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

"ބަލިމަޑުކަމުގެ ސަބަބުން ލިބުނު ޒަހަމްތައް އެއްކޮށް ރަނގަޅު ނުވަނީސް، މި އަހަރު ކުރިމަތިވި ލޮޅުންތަކާ އެކު އެ އިގްތިސާދީ ޒަހަމްތައް އަލުން ހުޅުވިގެން ދާނެ،" އައިއެމްއެފްގެ އިގުތިސާދީ ކައުންސިލާ ޕިއާ އޮލިވިއާ ގޫރިންޗާސް ވިދާޅުވި އެވެ.

ދުނިޔޭގެ އިގުތިސާދުގެ ތިންބައި ކޮށްފައި އެއްބައި މި އަހަރު ނުވަތަ އަންނަ އަހަރު ފަހަތަށް ޖެހޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. ދުނިޔޭގެ އެންމެ ބޮޑު ތިން އިގުތިސާދު، އެމެރިކާ، އީޔޫ އަދި ޗައިނާ ވެސް މަޑުޖެހޭނެކަމުގެ އިންޒާރު ދެއްވި އެވެ.

"އެންމެ ގޯސް ހާލަތު އަދި ކުރިމައްޗެއް ނުވޭ. ގިނަ ބަޔަކަށް 2023 ވަނަ އަހަރު އިހުސާސް ވާނީ ބޮޑު ތަދެއްގެ ގޮތުގައި،" ގޫރިންޗާސް ވިދާޅުވި އެވެ.

އައިއެމްއެފްގެ އެންމެ ފަހުގެ އިގްތިސާދީ އައުޓްލުކް ރިޕޯޓުގައި ވަނީ މިދިޔަ ޖުލައި މަހު އަންދާޒާ ކުރި ހިސާބުތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ ޖީޑީޕީ ހުންނާނީ 2.7 ޕަސެންޓުގައި ކަމަށް ލަފާކުރި އެވެ.

އައިއެމްއެފްއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިންފްލޭޝަން ރޭޓް މި އަހަރު 9.5 ޕަސެންޓަށް އުފުލި، 2024 އާ ހަމައަށް ދާއިރު 4.1 ޕަސެންޓަށް ތިރިވާނެ އެވެ.