Advertisement

ރާޅާ އަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ވޭވަށުން ފެނިއްޖެ

11 އޮކްޓޯބަރު 2022 - 16:08 0

މ. ވޭވަށް މަތިން ނަގާފައިވާ ފޮޓޯއެއް؛ މުލީ ރާޅު އަރާ ސަރަހައްދުން ގެއްލިގެން އުޅުނު މީހާ ވޭވަށުން ފެނިއްޖެ


ރާޅާ އަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ވޭވަށުން ފެނިއްޖެ

11 އޮކްޓޯބަރު 2022 - 16:08 0

މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާ އަޅަން ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ފިރިހެން ފަތުރުވެރިޔަކު އެ އަތޮޅު ވޭވަށުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައިވަނިކޮށް އޭނާ ވޭވަށުގައި ހުރިކަން އެ ރަށު ކައުންސިލުން ވަނީ އެމްއެންޑީއެފަށް މައުލޫމާތު ދީފަ އެވެ.

"މުލި ރާޅުގަނޑު ސަަރަހައްދުން ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ، ފަތާފައި ވޭވަށަށް އަރާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ދޭއް ޖަހާއިރު ކޯސްޓްގާޑަށް މައުލޫމާތު ދީފައި،" އެމްއެންޑީއެފުން ބުންޏެވެ.

އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އޭނަ ގެއްލުނުކަން ރިޕޯޓްކުރީ އެ މީހާއާއެކު ރާޅާ އަޅަން ގޮސް ދެން ތިބި ހަ ފަތުރުވެރިންނެވެ.