Advertisement

ޒަޔާން މަރާލުމުގެ ދައުވާ ހަތަރު ކުއްޖެއްގެ މައްޗަށް ކޮށްފި

9 އޮކްޓޯބަރު 2022 - 10:45 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޒަޔާން މަރާލުމުގެ ދައުވާ ހަތަރު ކުއްޖެއްގެ މައްޗަށް ކޮށްފި

9 އޮކްޓޯބަރު 2022 - 10:45 0

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ ޖޫން މަހުގެ ދެވަަނަ ދުވަހުގެ ރޭ ދަންވަރު މުހައްމަދު ޒަޔާން، 21، މަރާލި މައްސަލާގައި ހަތަރު ކުއްޖެއްގެ މައްޗަށް ދައުވާކޮށް ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހަޅައިިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، އެއް ކުއްޖެއްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން ކުދިންގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ޒަޔާން މަރާލުމުގައި އެހީތެރިވި ކަމުގެ ދައުވާ ކޮށްފައިވާ ތިން ކުދިންގެ ތެރެއިން ދެ ކުދިން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ޕީޖީ އޮފީހާ އެކު ޑައިވާޝަން އެގްރިމެންޓެއް ހަދާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި ޒަޔާން މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ މެއާއި ބުރަކައްޓަށް އެކި އަތުގެ އެކި ތަންތަނަށް ވަޅި ޖަހައިފައިވެ އެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.