6 އޮކްޓޯބަރު 2022 - 14:37 0
އަހުމަދު އާއިދު
އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބުޑްސްޕާސަން އަބްދުއްސަލާމް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -އަދަދު ފައިލް ފޮޓޯ
6 އޮކްޓޯބަރު 2022 - 14:37 0
އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ ދައުރު އިތުރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ނަމަވެސް، އެ އޮފީހުގެ ދައުރު އިތުރުކުރަނީ ކިހާ މުދަތަކަށް ކަމެއް އަދި ނުނިންމަވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
ނަމަވެސް، "އަދަދު" އަށް އެނގިފައިވާ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު އިތުރުކުރަނީ ހަ މަހުގެ މުއްދަތަށެވެ.
މި ޑިސެމްބަރު މަހަށް އެ އޮފީހުގެ މުއްދަތު ހަމަވާއިރު އެ އޮފީހުން ބަލަމުންދާ ގިނަ މައްސަލަތަކުގެ ބޮޑު ބައި އަދިވެސް ނުނިމެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކުގެ އިތުރުން ގދ. ތިނަދޫ ފަޅުކޮށްލި މައްސަލަ ފަދަ ބޮޑެތި މައްސަލަތައްވެސް ދަނީ ބަލަމުންނެވެ.
މި މައްސަލަތައް ބެލުމުގައި މައުލޫމާތު ނުލިބުންފަދަ އެކި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އެކި ފަހަރު މަތިން އެ އޮފީހުން ވަނީ ބުނެފަ އެވެ.
Comment