Advertisement

ޔޯގާ ހަމަނުޖެހުން: ފަޒުލޫން، ނިޝާން ހިމެނޭ ގޮތަށް 18 މީހަކަށް ދައުވާކޮށްފި

3 އޮކްޓޯބަރު 2022 - 14:02 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމުގެ ތެރެއިން: ދައުވާ ކުރީ 18 މީހެއްގެ މައްޗަށް -- ފޮޓޯ: ހުސައިން ފިޔާޒް މޫސާ/އަދަދު


ޔޯގާ ހަމަނުޖެހުން: ފަޒުލޫން، ނިޝާން ހިމެނޭ ގޮތަށް 18 މީހަކަށް ދައުވާކޮށްފި

3 އޮކްޓޯބަރު 2022 - 14:02 0

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21, ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދު ހިމެނޭ ގޮތަށް 18 މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ވެސް ތިއްބައި، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ އެތެރޭގައި ތިބި ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލާގައި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން ވެސް ދައުވާކޮށްފައިވެ އެވެ.

އެ ނަވާރަ މީހުންނަށް އެކި ދައުވާކޮށްފައިވާއިރު، އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

އޭގެ އިތުރަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް އުޅުނުކަމުގެ ދައުވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ، އަދި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ވެސް އެއް ބަޔަކަށް ކޮށްފައިވެ އެވެ.

ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ކޮށްފައިވެ އެވެ.

އެ ދުވަހުގެ މުޒާހަރާއަށް ދިދަތައް ދޫކޮށްދިން ކަމުގެ ތުހުމަތު އޮތް ޕީޕީއެމްގެ ހަރަކާތް ޑިޕާޓްމަންޓްގެ ހެޑު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބައިވެރިވުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުުމުގެ ދައުވާކޮށްފައިވެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ކުރި މީހުން

  1. ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދު
  2. ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ކުރި މީހުން

  1. މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  2. ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  3. ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  4. ރ. ކަނދޮޅުދޫ، އަލަމާގެ، އަަހުމަދު އަކްސަމް
  5. ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  6. މ. ކުދެހިގެ، ހަސަން ޝިފާޒް
  7. ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކުރި މީހުން

  1. ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއީލް
  2. ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  3. ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  4. ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާން
  5. ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  6. ހދ. ކުޅުދުއްފުށި، ބާބޫގެ، ހުސައިން އަލީ
  7. މ. ފަޅުމަތީގެ، އަހުމަދު އަލީ

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ކުރި މީހުން

  1. ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކުރި މީހުން

  1. ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ކުރި މީހުން

  1. ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  2. ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  3. މ. ކުދެހިގެ، ހަސަން ޝިފާޒް

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާކުރި މީހުން

  1. ގ. އުފުރިޔާ، މުހައްމަދު ފައިސަލް
  2. މ. އޯކިޑްހައުސް، މުހައްމަދު ފައިސަލް
  3. މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  4. ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  5. ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  6. ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  7. ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  8. މ. ކުދެހިގެ، ހަސަން ޝިފާޒް
  9. ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
  10. ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  11. ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  12. ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާން
  13. ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  14. ހދ. ކުޅުދުއްފުށި ބާބުގެ، ހުސައިން އަލީ
  15. މ. ފަޅުމަތީގެ، އަހުމަދު އަލީ

އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ކުރި މީހުން

  1. ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއީލް
  2. މއ. ކަނުހުރާ، މުހައްމަދު ޒިލިއަން