Advertisement

އިންޑޮނީޝިއާގައި މެޗެއްގެ ތެރެއިން 127 މީހުން މަރުވި ހާދިސާ ފީފާއިން ކުށްވެރިކޮށްފި

3 އޮކްޓޯބަރު 2022 - 06:21 0

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އިންޑޮނީޝިއާގައި މެޗެއްގެ ތެރެއިން 127 މީހުން މަރުވި ހާދިސާ ފީފާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި


އިންޑޮނީޝިއާގައި މެޗެއްގެ ތެރެއިން 127 މީހުން މަރުވި ހާދިސާ ފީފާއިން ކުށްވެރިކޮށްފި

3 އޮކްޓޯބަރު 2022 - 06:21 0

ޕެރިސް (އޮކްޓޫބަރު 3) - އިންޑޮނީޝިއާގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 127 މީހުން މަރުވެ، 180 އަށް ވުރެ ގިނަ މީހުން ޒަހަމްވި ހާދިސާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ކުށްވެރިކޮށްފި އެވެ.

ހޮނިހިރު ދުވަހުގެރޭ، އިންޑޮނީޝިއާގެ ބީއާރުއައި ލީގާ 1 ގައި އީސްޓް ޖާވާގެ ދެ ޓީމު ކަމުގައިވާ އަރެމާ އެފްސީ އާއި ޕަސެބަޔާ ސުރަބަޔާގެ މެޗަށް ފަހު ދަނޑަށް ސަޕޯޓަރުން އަރައި ހަމަނުޖެހުން ހިންގި އެވެ. އެ މެޗުން 3-2 އިން މޮޅުވީ ޕަސެބަޔާ އެވެ.

މި މެޗު ބަލަން ދަނޑު ފުރެންދެން މީހުން ވަދެ، ތިބިއިރު، މެޗުގެ ފަހު ކަށިގަނޑަށް ފަހު ސަޕޯޓަރުން ދަނޑަށް އެރި އެވެ. އެ ވަގުތު، މި ހިނގި ހަމަނުޖެހުން ކޮންޓްރޯލުކުރަން ރަޔަޓް ގިޔަރުގައި ފުލުހުން ނުކުމެ، ކަރުނަ ގޭސް ވެސް ބޭނުން ކުރި އެވެ.

އިންޑޮނީޝިއާގެ ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ހޯދުނު ހޯދުންތަކަށް ބަލާއިރު، މިހާތަނަށް އެނގިފައިވާ ގޮތުން ގިނަ މީހުން މަރުވީ ފިތިގެންނާއި ނޭވާ ހާސްވެގެންނެވެ.

ފީފާ އިން ނެރުނު ބަޔާނެއްގައި، އެ ފެޑެރޭޝަންގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ އިންޑޮނީޝިއާގައި ހިނގި މި ހާދިސާ އަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ވެސް "ޝޮކެއް" ކަމަށެވެ.

މިއީ ފުޓްބޯޅަ އަށް ލޯބިކުރާ، ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ އެންމެނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. މި ހާދިސާގައި ފުރާނެ ގެއްލުނު މީހުންގެ އާއިލާތަކަށް ފީފާގެ ނަމުގައި ތައުޒިޔާ ފޮނުވަން، މި އުނދަގޫ ވަގުތުގައި ފީފާ އާއި މުޅި ދުނިޔޭގެ ފުޓްބޯޅަ ކޮމިއުނިޓީ މި އޮތީ އިންޑޮނީޝިއާއާ އެކު،" ފީފާގެ ބަޔާނުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

އިންޑޮނީޝިއާ ފުލުހުންނާއި ފުޓްބޯޅަ އެސޯސިއޭޝަނުގެ ހާއްސަ ޓީމެއް އަންނަނީ މި މައްސަލަ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން ހާއްސަ ތަހުގީގެއް ކުރަމުންނެވެ. އިންޑޮނީޝިއާ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކު، އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ވީ އެންމެ ހަރުކަށި އަދަބެއް ދޭނެ ކަމަށެވެ.