Advertisement

އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލެއިން ފެނިއްޖެ

2 އޮކްޓޯބަރު 2022 - 18:43 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާން: މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނީ އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދުން -- ފޮޓޯ: ފައިލް


އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލެއިން ފެނިއްޖެ

2 އޮކްޓޯބަރު 2022 - 18:43 0

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު ކަމަށެވެ.

އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އަޒްހާން ކަމަށް ބެލެވޭ މީހާހެ ހަށިގަނޑު ފުލުހުން ވަނީ އެ ސަރަހައްދުން ގެންގޮސްފަ އެވެ. ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އަޒްހާން ގެއްލިގެން ހޯދާތާ މިއަދަށް މިވީ 14 ދުވަހެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ.

އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ރެޑްބުލް ޕާކު ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ހަށިގަނޑު ފެނިފައިވަނީ ވެސް އެ ސަރަހައްދުންނެވެ. ހަށިގަނޑު ފެނުނީ ރެޑްބުލް ޕާކާ ޖެހިގެން އޮތް ގޯޅިން ކަމަށްވެ އެވެ.