Advertisement

ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލާގައި ހައްޔަރުކުރި ވަކީލު ދޫކޮށްލައިފި

2 އޮކްޓޯބަރު 2022 - 13:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކުރި މީހުން؛ އޭގެ ތެރެއިން މައުމޫން މޫސާ ވަނީ ދޫކޮށްލާފައި


ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލާގައި ހައްޔަރުކުރި ވަކީލު ދޫކޮށްލައިފި

2 އޮކްޓޯބަރު 2022 - 13:14 0

ކުށަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ވަކީލުގެ ބަންދު މުއްދަތު އިތުރުނުކޮށް ކޯޓުން ދޫކޮށްލައިފި އެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހުނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ (41އ) އެވެ.

އޭގެ ތެރެއިން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ މައުމޫން މޫސާގެ ބަންދަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ދިން 10 ދުވަހުގެ މުއްދަތު ވަނީ އިއްޔެއަށް ހަމަވެފަ އެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލުމަށް ކޯޓުން ނިންމި އެވެ.

މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދިން އިރު، ފަހުން އިތުރު ހަތް ދުވަސް ބަންދަށް ދީފައިވެ އެވެ. ހަމްދޫން އަބްދުﷲ ގެ ބަންދަށް 15 ދުވަސް ޖެހިއިރު، އެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ އަލަމްގީރުގެ ވީޑިއޯތައް ލީކުވީ މީގެ ތިން މަސް ކުރިންނެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާއަށް މީގެ ކުރިން ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގުމަށް ފަހު ވީޑިއޯ ނެގި މައްސަލާގައި އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއެއް އޭނާގެ މައްޗަށް ކުރި އެވެ. ޝަރީއަތުގައި އޭނާ އެ ދައުވާތަކަށް އިއުތިރާފުވުމުން، ދެ އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.