Advertisement

މި އަހަރު ހުޅަނގު އައްސޭރީގައި މަރާލި މީހުންގެ އަދަދު 100 އަށް އަރައިފި

2 އޮކްޓޯބަރު 2022 - 08:16 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފަލަސްތީނު މީހަކު މަރުވުމުން ހިތާމަ ފާޅުކުރަނީ. -- ފޮޓޯ: ރޮއިޓާޒް


މި އަހަރު ހުޅަނގު އައްސޭރީގައި މަރާލި މީހުންގެ އަދަދު 100 އަށް އަރައިފި

2 އޮކްޓޯބަރު 2022 - 08:16 1

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މި އަހަރު މަރާލި ފަލަސްތީން މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާ ކަމަށް ބީބީސީއިން އެއްކުރި ތަފާސްހިސާބުން ދައްކައިފި އެވެ.

އިޒްރޭލުން 100 ވަނަ އަށް މަރާލީ ހޮނިހިރު ދުވަހު އިރުމަތީ ގުދުސްގައި 18 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފާއިތުވި ހަފުތާގައި އިޒްރޭލުން ވަނީ އެންޓި ޓޭންކް މިސައިލް ތަކުރާރުކޮށް ޖެނިންގައި ހުންނަ ގެޔަކަށް ފޮނުވައިފަ އެވެ.

އެ ތަފާސްހިސާބުން ހާމަވާ ގޮތުގައި މި އަހަރަކީ 2015 ވަނަ އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހުންނަށް އެންމެ ބޮޑަށް ނުރައްކާވަމުންދާ އަހަރު ކަމެވެ.

މެޖޯރިޓީ މީހުން މަރާލީ އިޒްރޭލް ސެކިއުރިޓީ ފައުޖުންނެވެ. އިޒްރޭލުގެ އާއްމުން ހަތިޔާރު ބޭނުންކޮށް ދިން ހަމަލާތަކުގައި ވެސް ފަލަސްތީން މީހުން މަރުވެފައިވެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ގްރޫޕްތަކުން ކަންބޮޑުވުން ފާޅުކުރާ އިރު، މަރުވި މީހުންގެ ފަސްބައިކޮށްފައި އެއް ބަޔަކީ ކުޑަކުދިންނެވެ. މަރުވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 14 އަހަރެވެ.

އެހެން ނަމަވެސް މިދިޔަ ހަފްތާގައި އިޒްރޭލް ސިފައިން ބިރު ދައްކައި ފަހައި ދުވަން ފެށުމުން، ހަތް އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ހިތް ހުއްޓިގެން މަރުވި އެވެ.

އިޒްރޭލް ސިފައިން އެ ކުއްޖާގެ ގެޔަށް ދިޔައީ އޭނާގެ ދޮއްޓަށް ތިބޭ ކުދިން ސިފައިންގެ ގަޔަށް ގާ އުކި ކަމަށް ބުނެ، އެ ކުދިން ހައްޔަރު ކުރުމަށެވެ.

އެމެރިކާއިން ވަނީ އެ ކުއްޖާގެ މަރު ވަގުތުން ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލް ސިފައިން ބުނީ އެ މީހުންގެ އޮޕަރޭޝަނާއި އެ ކުއްޖާގެ މަރާ ގުޅުމެއް ނެތް ކަމަށެވެ.