Advertisement

އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ސަލާމަތްކޮށްފި

1 އޮކްޓޯބަރު 2022 - 19:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޯސްޓު ގާޑުގެ އުޅަނދެއް މާލޭ ބޭރުން ދުއްވާފައި ދަނީ


އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ސަލާމަތްކޮށްފި

1 އޮކްޓޯބަރު 2022 - 19:27 0

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ގެއްލުނު ފަޅުވެރިޔާ މިހާރު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފި އެވެ.

އޭނާ ގެއްލުނީ ސެޕްޓެމްބަރު 28، ގައި އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރަށް އެ ބޯޓު އަޑިއަށް ދިޔުމުންނެވެ. އޭރު އެ ބޯޓުގައި ތިބީ ހަތް ފަޅުވެރިންނެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުގެ ސެކަންޑް ސްކޮޑްރަންގައި ހަރަކާތްތެރިވާ "ހަކުރާ" ލޯންޗުން ކުރަމުން ދަނިކޮށް އޭނާ ފެނުނީ މިއަދު ހަވީރު 05:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި، އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެ މީހާއަކީ ކޮންމެ ގައުމެއްގެ މީހެއް ކަމެއް އަދި އެ މީހާގެ ސިއްހީ ހާލާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފްއިން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

އެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ހަ މީހުން ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.