Advertisement

ޕުޓިންގެ އިންޒާރުތަކުން އެމެރިކާ ބިރެއް ނުގަންނާނެ: ބައިޑެން

1 އޮކްޓޯބަރު 2022 - 16:29 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: ރޮއިޓާޒް


ޕުޓިންގެ އިންޒާރުތަކުން އެމެރިކާ ބިރެއް ނުގަންނާނެ: ބައިޑެން

1 އޮކްޓޯބަރު 2022 - 16:29 1

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އިންޒާރުތަކުން އެމެރިކާ ބިރު ނުގަންނާނެ ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ޕުޓިން ވަނީ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ދަށަށް ގެންގޮސްފަ އެވެ. އެ ހަފްލާގައި ދެއްވި ސްޕީޗުގައި ޕުޓިން ވަނީ ނިޔުކްލިއާ ހަތިޔާރާ ގުޅޭ ނުސީދާ ވާހަކަތައް ދައްކަވައިފަ އެވެ.

ޕުޓިން ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު ޖަޕާނާ ދެކޮޅަށް އެމެރިކާ ނިޔުކްލިއާ ހަތިޔާރު ބޭނުންކޮށް "ޕްރެސެޑެންޓެއް" ގާއިމްކޮށްފައިވާ ކަމަށެވެ.

ރަޝިއާގެ ދަށަށް ގެންދިޔަ ލުހާންސްކް، ޑޮނެސްކް، ހާސަން އަދި ޒަޕޮރިއްޒިޒިއާއަށް އެއްވެސް ހަމަލާއެއް ދީފި ނަމަ ހަނގުރާމަ ގޯސްވާނެކަމުގެ އިންޒާރު ރަޝިއާއިން ދިނެވެ.

ރައްދުގައި ބައިޑެން ވިދާޅުވީ ޕުޓިންގެ އިންޒާރުތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަތަކެއް ކަމަށާއި އެ ވާހަކަތަކު "އަޅުގަނޑުމެން ބިރު ނުގެންނުވޭނެ" ކަމަށެވެ.

"އެމެރިކާ އާއި އަޅުގަނޑުމެންގެ ބައިވެރިން ބިރެއް ނުގަަންނާނެ،" ވައިޓް ހައުސްގައި ބައިޑެން ވިދާޅުވި އެވެ.

އޭގެ ފަހުން ސީދާ ޕުޓިންއާ މުހާތަބު ކުރައްވަައި ކެމެރާއަށް އިނގިލި ދިއްކުރައްވައި ބައިޑެން ވިދާޅުވީ ނޭޓޯ ފަސްގަނޑުގެ ކޮންމެ އިންޗިއެއް ވެސް ދިފާއު ކުރަން އެމެރިކާ ތައްޔާރު ކަމަށެވެ.

އެމެރިކާގެ އެންމެ އިސް ނޭޝަނަލް ސެކިއުރިޓީ އޮފިޝަލް ވިދާޅުވީ ރަޝިއާއިން ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަމަކު ވަގުތުން ވަގުތަށް ނުރައްކަލެއް ނެތް ކަމަށެވެ.

ޔޫކްރެއިންގެ ހަތަރު ސަރަހައްދު ރަޝިއާގެ ދަށަށް ގެންދިޔުމުން، އެ ގައުމުގެ ހުކުރު ދުވަހު ވަނީ ވީ އެންމެ އަވަހަކަށް ނޭޓޯގެ މެމްބަރަކަށް ހަދައިދިނުމަށް އެދި ހުށަހަޅާފަ އެވެ.

ނޭޓޯއިން ބުނީ އެކަމާ މެދު ގޮތެއް ނިންމާނީ މެމްބަރު 30 ގައުމުން ކަމަށެވެ. ނޭޓޯއަކީ އެމެރިކާ އިސްވެ ހިންގާ އަސްކަރީ ކޯލިޝަނެކެވެ.