30 ސެޕްޓެންބަރު 2022 - 08:01 0
މުހައްމަދު ވިޝާމް
30 ސެޕްޓެންބަރު 2022 - 08:01 0
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ހުޅުވާލުމުން، ހަތް ކުންފުންޏެއް އެ މަޝްރޫއަށް ޕްރީ-ކުއަލިފައި ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އިގުތިސޯދީ ހަބުތަކެއް އުފައްދަން ސަރުކާރުން ގެންގުޅޭ ތަސައްވުރުގައި އެންމެ މުހިންމު އެއް ކަމަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް އަޕްގްރޭޑު ކުރުމެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މި އެއާޕޯޓަށް ވެސް ހަރަދުކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުން ކަމަށެވެ. އެއާޕޯޓު މަސައްކަތަށް ހާއްސަކުރީ 261 މިލިއަން ރުފިޔާ އެވެ.
ހަނިމާދޫ އެއާޕޯޓް މަޝްރޫއު މިހާރު ހަވާލުކޮށްފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީކޮލިފިކޭޝަނަށް އިންޑިޔާގެ އެގްޒިމް ބެންކުން ހުޅުވާލި ފުރުސަތުގައި ހަތް ކުންފުންޏަކުން މި މަޝްރޫއަށް ޕްރީކޮލިފައިވެފައިވާ ކަމަށެވެ.
މި ފަރާތްތަކަށް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ބީލަން މަރުހަލާ ހުޅުވާލެވޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޑޮމެސްޓިކް ޓާމިނަލް އެޅުމާއި އެކްސެސް ރޯޑްސް (އެއާޕޯޓަށް ދަތުރުކުރާ މަގުތައް) ހެދުމާއި ކާގޯ ބިލްޑިން އާއި އެހެނިހެން ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމެވެ.
މި މަޝްރޫއު ނިމުމުން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގެ ގަން އެއާޕޯޓަށް "ވައިޑް ބޮޑީ" މަތިންދާބޯޓުތަކަށް ޖެއްސޭނެ މަގުފަހިވެ، މިހާރަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓުތައް ޖައްސަން ފަހިކުރުމާއެކު ޓޫރިސްޓުންނަށާއި އެހެން ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކުރެވޭނެ އެވެ.
Comment