Advertisement

ނައިވާދޫ ފެނުގެ ނިޒާމް ރައީސް ސޯލިހު އިފްތިތާހުކޮށްފި

26 ސެޕްޓެންބަރު 2022 - 12:04 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހދ.ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ތަރައްގީ ގެންނަވާނީ އެއްވެސް ރަށެއް ބާކީ ނުވާނެ ގޮތަކަށް ކަމަށް -- ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ


ނައިވާދޫ ފެނުގެ ނިޒާމް ރައީސް ސޯލިހު އިފްތިތާހުކޮށްފި

26 ސެޕްޓެންބަރު 2022 - 12:04 0

ހދ. ނައިވާދޫ ފެނުގެ ނިޒާމް މިއަދު ސަރުކާރުން އިފްތިތާހު ކޮށްފި އެވެ.

މިހާރު ބޮޑުތިލަދުން މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނައިވާދޫއަށް ވަނީ ވަޑައިގެންފަ އެވެ. އެ ރަށު ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވީ މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ސޯލިހެވެ.

އުތުރުގެ ހަތަރު ރަށަކަށް ރައީސް ސޯލިހް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ނައިވާދޫއަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީ ނުކުރުން ކަމަށާއި މިއީ އޭގެ މިސާލެއް ކަމަށެވެ. އެގޮތުން އެ ރަށުގެ ފެނުގެ ނިޒާމު ގާއިމް ކޮށްފައިވާ ކަމަށާއި މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަން ރައިސް ފާހަގަ ކުރެއްވި އެވެ.

  • ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުން
  • ރަށްގިރާ މައްސަލައަށް ހައްލު ގެނައުން
  • ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން
  • ބަނދަރު ބޮޑުކުރުން

ނައިވާދޫ ފެނުގެ ނިޒާމު ގާއިމުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. އޮކްޓޫބަރު 2019 ގައި ފެށުނު އެ މަސައްކަތް އެ ކުންފުނިން ނިންމީ މިދިޔަ ޖޫން މަހުގަ އެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 15,398,304.77 ރުފިޔާ އެވެ.

އެ މަސައްކަތުގެ ދަށުން ދުވާލަކު 40 ޓަނުގެ ފެން އުފައްދާ އާރްއޯ ދެ ޕްލާންޓާއި 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އަދި ވާރޭފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފަ އެވެ.

އެ މަސައްކަތް ނިމުނުން ނާވައިދޫގެ 174 ގެއަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.