Advertisement

ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އުފެއްދުމަށް ބީއެމްއެލްއިން ޑެފް އެސޯޝިއޭޝަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި

25 ސެޕްޓެންބަރު 2022 - 17:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އުފެއްދުމަށް ބީއެމްއެލްއިން ޑެފް އެސޯޝިއޭޝަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި

25 ސެޕްޓެންބަރު 2022 - 17:20 0

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖަސް" އާ ގުޅުވައިގެން ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އުފެއްދުމަށް ބީއެމްއެލްއިން ޑެފް އެސޯޝިއޭޝަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސައިން ލޭންގުއޭޖް ޑިކްޝަނަރީއަކީ އާއްމުކޮށް ވާހަކަ ދެއްކުމުގައި ބޭނުން ކުރާ ލަފުޒުތައް އިޝާރާތުގެ ބަހުން ބޭނުންކުރާނެ ގޮތް، ފޮޓޯއާއެކު ހިމަނާފައި ހުންނަ ފޮތެކެވެ. މީގެ ކުރީގައި ރާއްޖޭގައި ބޭނުން ކުރަމުން އައީ ޑެފް އެސޯޝިއޭޝަނާއި ޖަމާލުއްދީން ސްކޫލް އަދި ހޭންޑިކެޕް ގުޅިގެން އުފައްދާފައިވާ ޑިކްޝަނަރީ އެކެވެ.

ބީއެމްއެލްގެ އެހީއާއެކު އަލަށް އުފައްދާ ސައިން ލޭންގުއޭޖް ޑިކްޝަނަރީއަކީ ކުރިއަށްވުރެ އިތުރު އެތައް ލަފުޒެއް އެކުލެވިފައިވާ، ބޭނުންކޮށްލަން ފަސޭހަ ޑިކްޝަނަރީއަކަށް ވެގެންދާނެ އެވެ.

ބީއެމްއެލްއާއި ޑެފް އެސޯޝިއޭަޝަން ގުޅިގެން ކުރިއަށް ގެންދިޔަ ސައިން ލޭންގުއޭޖް ޓުރެއިނިން ސެޝަންގެ ތެރެއިން - ފޮޓޯ: ބީއެމްއެލް


ބީއެމްއެލްއަކީ އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތި އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން އަބަދުވެސް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

އެގޮތުން މިއަހަރުގެ މި ދުވަހާ ގުޅުވައިގެންވެސް އެކުންފުނިން ވަނީ ޑެފް އެސޯޝިއޭޝަނާއި ގުޅިގެން އެބޭންކުގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިން ސެޝަނެއް ހިންގާފަ އެވެ.

ބީއެމްއެލްއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން 2020ވަނަ އަހަރުވެސް އެބޭންކުން ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިން ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.