Advertisement

ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި

25 ސެޕްޓެންބަރު 2022 - 06:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޖެނެރަލް ޑިމިޓްރީ ބުލްގަަކޯވް. -- ފޮޓޯ: ގެޓީ


ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި

25 ސެޕްޓެންބަރު 2022 - 06:55 0

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ އަސްކަރިއްޔާގެ ލޮޖިސްޓިކް ކަންކަން މެނޭޖް ކުރުން ހަވާލުކޮށްފައިވާ ޖެނެރަލް މަގާމުން ވަކިކުރަން ރައީސް ލެޑިމިއަަ ޕުޓިން ނިންމަވައިފި އެވެ.

ޑިފެންސް މިނިސްޓްރީން ޓެލެގްރާމް މެދުވެރިކޮށް ބުނީ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޖެނެރަލް ޑިމިޓްރީ ބުލްގަކޯވް މަގާމުން ވަކިކުރީ ހޮނިހިރު ދުވަހު ކަމަށެވެ.

އެ މިނިސްޓްރީން ބުނީ 67 އަހަރުގެ އޮފިޝަލް މަގާމުން "ރިލީޒް ކުރާ" އާ ޒިންމާތަކެއް އަދާކުރުމަށް ކަމަށެވެ.

ދެން އެ މަގާމު ފުރުއްވާނީ ކާނަލް ޖެނެރަލް މިކައީލް މިޒިންޓްސޭވް އެވެ. އޭނާއަކީ ޔޫކްރެއިންގެ މަރިޔުޕޯލް ސިޓީ ހިފުމުގައި ރަޝިއާ އަސްކަރިއްޔާ މެނޭޖް ކުރެއްވި އޮފިޝަލެވެ.

ޖެނެރަލް ބުލްގަކޯވްއަކީ 2008 ވަނަ އަހަރުން ފެށިގެން ރަޝިއާ ސިފައިންގެ ލޮޖިސްޓިކް ކަންކަމުގެ މެނޭޖަރެވެ. އެގޮތުން 2015 ވަނަ އަހަރު ރަޝިއާ ސިފައިން ސީރިއާއަށް ދިޔުމުން، އެ މީހުން ތަކެތި ސަޕްލައި ކުރީ ވެސް އޭނާގެ ބެލުމުގެ ދަށުންނެވެ.

އެކަމަކު އެނެލިސްޓުން ބުނީ ފަހަކަށް އަައިސް އޭނާގެ ދައުރު ކުޑަވާން ފެށި ކަމަށެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ ސިފައިންނަށް ސަޕްލައިގެ މައްސަލަ ދިމާވާތީ އެކަމުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ކަމަށް އޮފިޝަލުން ދެކެ އެވެ.

ސިފައިންނަށް ބޭނުންވާ ހަތިޔާރާއި ޑްރޯން އެކަށީގެންވާ މިންވަރަށް ނުލިބި، ރަޝިއާއިން ވަނީ ދާދި ފަހުން އުތުރު ކޮރެއާ އަދި އިރާނުން ބައެއް ތަކެތި ގަނެފަައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.