Advertisement

ދިރާގުން ޕްރިއޯޑާ ކުރި އައިފޯނު 14 ދޫކުރަން ފަށައިފި

24 ސެޕްޓެންބަރު 2022 - 10:53 0

ދިރާގުން އައިފޯނު 14 ދޫކުރަން ފަށައިފި-- ފޮޓޯ: ދިރާގު


ދިރާގުން ޕްރިއޯޑާ ކުރި އައިފޯނު 14 ދޫކުރަން ފަށައިފި

24 ސެޕްޓެންބަރު 2022 - 10:53 0

އެޕަލްއިން މި އަހަރު އަލަށް ތައާރަފުކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފި އެވެ.

އާ ފޯނުތައް ދިރާގުން ޕްރީއޯޑަރަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ. ހުޅުވާލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓޮކް ވަނީ ހުސްވެފަ އެވެ.

ޒަމާނީ އާ ފީޗާސްތަކަކާއެކު ނެރެފައިވާ ފަހުގެ އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ވެސް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދިރާގުން ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް، މަހަކު ފަސް ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ވެސް އަންނަނީ ދޫކުރަމުންނެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް އަންނަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.