Advertisement

ހޯރަފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވި

22 ސެޕްޓެންބަރު 2022 - 17:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހޯރަފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވި

22 ސެޕްޓެންބަރު 2022 - 17:44 0

ހއ. ހޯރަފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެ ކޮމިޝަނުން ބުނީ "މުޙައްމަދު ޝަރީފުގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުވެފައި ނުވާ ކަމަށް" ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ އެ ކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގަ އެވެ.

އެ މަގާމުގައި ހުރި މުހައްމަދު ޝަރީފުއާ ދެކޮޅަށް ޖެނުއަރީ 13، 2021 ހުށަހެޅި ޝަކުވާއާ ގުޅިގެން ޖޭއެސްސީން ވަނީ ތަހުގީގު ފަށައި އެކަން އޭނާއަށް އަންގާފަ އެވެ.

އޭނާއާ ދެކޮޅަށް އެ ޝަކުވާ ހުށަހެޅީ ތަނާޒުލުވާން ޖެހޭ މައްސަލައަކުން ތަނާޒުލު ނުވެ އެ މައްސަލަ ހިންގައި ނިންމި ކަމަށް ބުނެ އެވެ.