18 އޭޕްރީލް 2024 - 05:15 1
ލީވާން އަލީ ނާސިރު
ރައީސް ޔާމީނު ގެއަށް ބަދަލުކުރެއްވުން: އެމްޑީޕީއަށްވުރެ ބޮޑަށް ޔާމީނު ޖަލުގައި ބާއްވަން ބޭނުންވަނީ ރައީސް މުއިއްޒު ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
18 އޭޕްރީލް 2024 - 05:15 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަތަކުން ދޭހަވާ ގޮތުގައި އެމްޑީޕީއަށްވުރެ ބޮޑަށް އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމިނު ވިދާޅުވީ އެމްޑީޕީގެ ނުފޫޒުން އެމަނިކުފާނުގެ ޝަރީއަތް އަވާތީ ކަންބޮޑުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށާއި، ނަމަވެސް މިނިވަންވާން އެދޭ ކަމަށް އެމަނިކުފާނު އެބަ ވިދާޅުވާ ކަމަށެވެ.
ސަރުކާރުން މިއޮތްހާ ދުވަހު ނުފޫޒު ފޯރުވައިގެން އެމަނިކުފާނުގެ ޝަރީއަތް ލަސްކުރިކަން ފާހަގަކުރައްވާ ޔާމީނު ވިދާޅުވީ ޝަރީއަތް އަވަސްވުމުން ރައީސް މުއިއްޒު ކަންބޮޑުވާތީ އެމަނިކުފާނުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
"ރައީސް ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ރައީސް ޔާމީނުގެ ޝަރީއަތް މާދަމާ އެބަ ބޭއްވެއޭ. ދެން ރައީސް ޔާމީން މިނިވަންވުމަކީ ތިމަންނަގެ އުންމީދޭ. އެކަމަކު މި އަންނަނީ އެކަމަކު ބަނޑު ތެރޭގައި އޮތް މާނަ ދެން މި އަންނަނީ ޅެންވެރިއެއް ވެއްޖެއްޔާ. އެކަމަކު އެމްޑީޕީން މިކަން ކުރުމަށްޓަކައި ނުފޫޒު ފޯރިވީތި ހިތާމޭ. އެހެންވީމަ ކޮބައިތޯ ނިޔަތް" ޔާމީނު ވިދާޅުވި އެވެ.
ސަރުކާރުގެ ތެރެއިން ކޮންމެވެސް އިސް ބަޔަކު ކޯޓަށް އަތް ބާނައިގެން ރައީސް މުއިއްޒުއަށް ވަނީ އެމަނިކުފާނު އިންތިހާބުގެ ކުރިން ދޫނުވާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ވެސް ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ނަމަވެސް އިންތިހާބުގެ ކުރިން ކުއްލިއަކަށް މިއަދު ޝަރީއަތް ބާއްވާތީ އެކަމާ ގުޅިގެން ރައީސް މުއިއްޒު ހިތްޕުޅާ ހަމަނުޖެހިފައިވާ ކަމަށް ވެސް ޔާމީނު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"މިއީ ތޯޓް ޕްރޮސެސް ސީދާ ނުވެގެން އުޅޭ ބޭފުޅެއްތޯ ނޫނިއްޔާ ހަމަ ތެދުވެރިކަމާއެކީ ވިދާޅުވާހާ އެއްޗެއް ހަމަ ނޭގެނީތޯ. ކިހިނެއްތޯ މިވަނީ. އެމްޑީޕީން މިކަމުގެ ތެރެއަށް ނުފޫޒު ވެއްދީމާ ހިތްހަމައެއް ނުޖެހެއޭ. އެކަމަކު ރައީސް ޔާމީން މިނިވަން ވާން ޖެހެއޭ. އެކަމަކު މިނިވަންވާން މާދަމާ ޖަލްސާ ބާއްވާތީ ތިމަންނަ ނުރުހުމޭ. އެ އަންނަނީ އެމްޑީޕީ ނުފޫޒަށް. އެހެންވީމަ އެމްޑީޕީއަށްވުރެ ބޮޑަށް އަޅުގަނޑު ޖަލުގައި ބަހައްޓަން ބޭނުންވަނީ މިއިން އިންފާ ކުރައްވާ ކަމަށްވާނަމަ ރައީސް މުއިއްޒު" ޔާމީނު ވިދާޅުވި އެވެ.
ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލިތާ ތިން މަސް ފަހުން އެ މައްސަލައިގެ ހުކުމް ކުރުން ވަނީ މިއަދު 1:00 އަށް ތާވަލުކޮށްފަ އެވެ.
ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެ މުއާމަލާތުގެ ތެރެއިން، 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ރަނާ
about 1 year ago
ދެން ތިޔަހެން ކިޔާ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެނގެނެ އަދި ޔާމީނަށްވެސް އެނގޭނެ އެމްޑީޕީކަން ޔާމީނު ޖަލުގައި ބާއްވަން ބޭނުންވީ. ކޯޓްތަކުގައި ތިބީ އެމީހުންގެ ގާތްމީހުންކަން. މިހާރުވެސް އެބައިމީހުންގެ ބާރުގައި ތޯއްޗެ ޝަރީއަތުގެ ކަންތައް ތިޔަ ފެއްޓުވީވެސް. ސަބަބަކީ އެމީހުނާ އެކު މުއިއްޒުއާ އިދިކޮޅަށް ނުކުންނާނެ އަގަވަރުގަދަ މީހަކު ހޯދުން އަންނި މިހާރުވަނީ އެމްޑީޕީއާ ދުރަށް ޖެހިފައި .
Comment