Advertisement

ނޯޔާ އާއި ގޮރެޓްޒްކާ އަށް ކޮވިޑް ޖެހިއްޖެ: ހަންގޭރީ އާއި އިންގްލެންޑް މެޗު ގެއްލޭނެ

22 ސެޕްޓެންބަރު 2022 - 14:27 0

ޖަރުމަނުގެ މެޗެއްގެ ތެރެއިން ގޮރެޓްޒްކާ (ކ) އާއި ނޯޔާ


ނޯޔާ އާއި ގޮރެޓްޒްކާ އަށް ކޮވިޑް ޖެހިއްޖެ: ހަންގޭރީ އާއި އިންގްލެންޑް މެޗު ގެއްލޭނެ

22 ސެޕްޓެންބަރު 2022 - 14:27 0

ބާލިން (ސެޕްޓެމްބަރު 22) - ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މެނުއަލް ނޯޔާ އާއި މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާ އަށް ކޮވިޑް ޖެހި އެ ދެ ކުޅުންތެރިންނަށް ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނުން ހަންގޭރީ އާއި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުތައް ގެއްލޭނެ ކަމަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ފްރޭންކްފާޓުގައި ޖަރުމަނު ޓީމު ޕްރެކްޓިސް ކުރަމުން އަންނައިރު، ޓީމުގެ މެނޭޖަރު ވަނީ ނޯޔާ އާއި ގޮރެޓްޒްކާ އަށް ކޮވިޑް ޖެހިފައިވާކަން ޖަރުމަނު މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ. އަދި ކުރިއަށް އޮތް ހަންގޭރީ މެޗާއި އިންގްލެންޑް މެޗުގައި އެ ދެ ކުޅުންތެރިން ނުފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނޯޔާގެ ބަދަލުގައި ޖަރުމަނުން ޓީމަށް ނެގީ ހޮފެންހައިމްގެ ކީޕަރު އޮލިވާ ބޯމަން އެވެ. އަދި ގޮރެޓްޒްކާގެ ބަދަލުގައި ވުލްފްސްބާގްގެ ކެޕްޓަން، މެކްސިމިލިއަން އާނޯލްޑް ވަނީ ޓީމުގައި ހިމަނައިފަ އެވެ.

ޖަރުމަނު ސްކޮޑު ތެރޭގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް އުޅޭނެ ކަމަށް ބެލެވޭތީ ގަވާއިދުން ކުޅުންތެރިންގެ ޓެސްޓްތައް އަންނަނީ ހަދަމުންނެވެ. އެ ގޮތުން އެ ޓީމުގެ ވިންގް، ހޫލިއަން ބްރަންޑްޓްގެ ކިބައިން ކޮވިޑް-19ގެ އަލާމަތްތައް ފެންނާތީ އޭނާ އައިސޮލޭޝަނަށް ދިއުމަށް ފަހު ހެދި ޓެސްޓުން ވަނީ ނެގެޓިވްވެފަ އެވެ. އެކަމަކު، ސަލާމަތީ ސަބަބުތަކަށްޓަކައި އަލާމަތްތައް ހުންނާތީ ބްރަންޑްޓް ވަނީ ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.

ބްރަންޓްޑްގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިއެއް ނެގުމާ މެދު ޓީމުގެ ކޯޗިން ސްޓާފުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ނޭޝަންސް ލީގުގައި މިހާތަނަށް ޖަރުމަނުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވިއިރު، މޮޅުވީ އެއް މެޗުންނެވެ. އެ ޓީމު އޮތީ ގްރޫޕްގެ ދެ ވަނައިގަ އެވެ. މާދަމާރޭ ޖަރުމަނުން ހަންގޭރީ ބަލިކޮށްފިނަމަ ގްރޫޕްގެ އެއް ވަނަ އަށް އެރޭނެ އެވެ. އަދި ފަހު މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ރަށުންބޭރުގައި އިންގްލެންޑާ އެއްވަރުކޮށްލައިގެން ވެސް ނޭޝަންސް ލީގު ސެމީ ފައިނަލަށް ދާން ފުރުސަތެއް އޮންނާނެ އެވެ.