Advertisement

އޭސީސީގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފި

18 ސެޕްޓެންބަރު 2022 - 21:16 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފޮރެންސިކް ސަރވިސް އާއި މޮނިޓަރިންގ އެންޑް އިވެލުވޭޝަންގެ މަސައްކަތް ވަކިން އުފައްދައި އޭސީސީގެ އައު އޮނިގަނޑަށް އަމަލުކުރަން ފަށުން-- ފޮޓޯ: އޭސީސީ


އޭސީސީގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފި

18 ސެޕްޓެންބަރު 2022 - 21:16 0

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުރަތަމަ ފަހަރަށް ފޮރެންސިކް ސާވިސް އާއި މޮނިޓަރިންގް އެންޑް އިވެލުވޭޝަންގެ މަސައްކަތް ވަކިން އުފައްދައި އެކުލަވާލި އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފި އެވެ.

މާޗް މަހު ކޮމިޝަނުގެ މެމްބަރުކާމާ ހަވާލުވި މެމްބަރުންގެ ހާއްސަ އިސްނެގުމުގެ މަތިން ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަހިވާނެގޮތަށް އަލަށް އެކުލަވާލާއި އަމަލުކުރަން ފެށި އާ އޮނިގަނޑަށް ހިޖުރަކުރުމަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނާއެކު މިއަދު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ.

އާ އޮނިގަނޑުގެ ދަށުން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ ތަފްސީލް މި ބައްދަލުވުމުގައި މުވައްޒަފުންނާއި ހިއްސާކުރެވި، ކުރިން ކޮމިޝަނުގައި މަސައްކަތްކުރަމުން އައި ޔުނިޓްތަކުގެ ބަދަލުގައި އާ އޮނުގަނޑާއެކު އުފެއްދި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނަށް މަގާމުގެ ލިއުންވެސް މިއަދުވަނީ ހަވާލުކޮށްފަ އެވެ.

މިބައްދަލުވުމުގައި އޭސީސީގެ ފޮރިންސިކް ސާވިސް އިފްތިތާހުކޮށްދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް އެވެ.

އަލަށް އުފައްދާފައިވާ އިންވެސްޓިގޭޝަން ސެކްޝަނުގެ މައިގަނޑު މަސައްކަތްތައް:

  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަހުގީގުކުރުމަށް ކޮމިޝަނުގެ މެމްބަރުން ނިންމާ މައްސަލަތަށް ތަހުގީގު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން،
  • މައްސަލައިގެ ތަހުގީގު ރިޕޯޓް އެކުލަވާލައި މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދައުވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުން.

އަލަށް އުފެއްދި މޮނިޓަރިން އެންޑް އިވަލުއޭޝަން ސެކްޝަންގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މައްސަލަތަކާއި ކޮމިޝަނުން ހަދާ ދިރާސާތަކާއި، އެސެސްމަންޓްތަކާ ގުޅިގެންނާއި ކޮމިޝަނުން ތަހުގީގުތައް ނިންމާ މައްސަލަތަކާ ގުޅިގެން ކޮމިޝަނުން އަންގާ އެންގުންތައް ތަންފީޒުކުރުން.
  • ދޭލަފަޔާއި އިރުޝާދުތައް ތަންފީޒުކުރަން އަންގާ ކަންތައްތަކާ އެއްގޮތަށް އެ އިދާރާތަކުން އަމަލުކުރަމުން ދޭތޯ ބަލައި، އެ ކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިއުމާއި ރެކޯޑް ބެލެހެއްޓުން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އާ އިދާރީ އޮނިގަނޑަކީ ގާނޫނުއަސާސީންނާއި، ގާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް، އެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މަގަށް ކޮމިޝަން ބައްޓަންކުރުމަށް ބޭނުންވާ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ އިދާރީ އޮނިގަޑެކެވެ.