Advertisement

ތައިސޭ ކޮށިން އަމިއްލަ ބަޔަކަށް 4000 އަކަފޫޓުގެ ބިމެއް ދީފި

21 ސެޕްޓެންބަރު 2022 - 09:57 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ތައިސޭ ކޮށީ: އެތަނުގައި އަޅަނީ މެޑިކަލް ފެސިލިޓީއަކާއި ކާރު ޕާކު ކުރާ ތަނެއް ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ތައިސޭ ކޮށިން އަމިއްލަ ބަޔަކަށް 4000 އަކަފޫޓުގެ ބިމެއް ދީފި

21 ސެޕްޓެންބަރު 2022 - 09:57 2

ތައިސޭ ކޮށީގައި މެޑިކަލް ފެސިލިޓީއެއް އެޅުމަށް އަމިއްލަ ފަރާތަކަށް މާލޭ ސިޓީ ކައުންސިލުން 4000 އަކަފޫޓުގެ ބޮޑު ބިމެއް ދީފި އެވެ.

"ވަން އޯން ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށް ތައިސޭ ކޮށިން ބިމެއް ދިނީ އިންޓަގްރޭޓެޑް މެޑިކަލް ފެސިލިޓީއަކާއެކު މަލްޓި ޕާޕަސް އިމާރާތެއް އެޅުމަށް ކަމަށް، މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ އެ އިމާރާތް ހެދުމަށް ހަވާލުކޮށްފައި ވަނީ އިމާރާތުގައި ކާރު ޕާކު ކުރެވޭނެ ތަނެއް ވެސް ހެދުމަށް ޝަރުތުކޮށްފައި ކަމަށެވެ.

ތައިސޭ ކޮށިން ވަން އޯން ވަން އަށް ދިން 4000 އަކަފޫޓުގެ ބިމާ ދިން ގޮތާ ބެހޭ ގޮތުން އިތުރަށް ސުވާލު ކުރުމުން ސިޓީ ކައުންސިލުން އަދި އެ ސުވާލުތަކަށް ޖަވާބެއް ނުދެ އެވެ. އެގޮތުން އެގްރިމެންޓުގައި ސޮއި ކުރި ތާރީހާއި ބިން ހަވާލު ކުރީ ވާދަވެރިކޮށް ބިޑަށް ހުޅުވާލައިގެންތޯ އާއި ބިން ހަވާލު ކުރީ ކިތައް އަހަރަށްތޯ ސުވާލު ކުރުމުން މިހާތަނަށް ކައުންސިލުން ޖަވާބެއް ލިބިފައެއްނުވެ އެވެ.

ވަން އޯން ވަންއަކީ އިކުލީލު ޝަރީފް އަދި އިބްރާހިމް މުހައްމަދު ސައީދުގެ ނަމުގައި ޖޫން 14، 2021 ގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ނަމުގައި ހަތަރު ވިޔަފާރި ނަމެއް ދޫކޮށްފައިވެ އެވެ. އެއީ "ހުވަދޫ ޕީސީއާރް ލެބް" އާއި "މައިލެބް ނައިފަރު" އާއި "މައިލެބް" އާއި "މައިލެބް ދަރަވަންދޫ" އެވެ.