Advertisement

9 ބޯލް އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކުރީ ފަޔާޒް

18 ސެޕްޓެންބަރު 2022 - 12:49 0

9 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ހުސައިން ފަޔާޒު، ފަޔާ ވަނީ މިއަހަރުގެ 10 ބޯލް އެސޯސިއޭޝަން ކަޕްވެސް ކާމިޔާބުކޮށްފައި - ފޮޓޯ: އެމްޕީބީއޭ


9 ބޯލް އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކުރީ ފަޔާޒް

18 ސެޕްޓެންބަރު 2022 - 12:49 0

އިސްމާއިލް ޖީހާން ބަލިކޮށް, 9 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހުސައިން ފަޔާޒު ހޯދައިފި އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި 9 ބޯލް އެސޯސިއޭޝަން ކަޕް ކުރިއަށްދިޔައީ މި މަހުގެ 12-17 އަށް އެމްޕީބީއޭ މާލޭ ބިލިއާޑް ހޯލުގަ އެވެ. މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން, ފަޔާޒު, 9 ބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލް ކާމިޔާބުކުރީ 9-5 ފްރޭމުންނެވެ. ފަޔާޒު ވަނީ މި އަހަރުގެ 10 ބޯލް އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ފަސް ފްރޭމް ކާމިޔާބުކުރީ މުޅި މުބާރާތުގައި ވެސް ރަނގަޅު ފޯމެއްގައި ކުޅެމުން އައި ފަޔާޒު އެވެ. އޭގެ ފަހުން މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ ޖީހާން ޖެހިގެން އައި ތިން ފްރޭމް ހޯދައި އުއްމީދު ދެމެހެއްޓި އެވެ.

މެޗުގެ ޓެކްނިކަލް ބްރޭކަށް ފަހު އެނބުރި އައިސް އަނެއްކާވެސް ފަޔާޒު ދެ ފްރޭމް ހޯދައި ލީޑު 7-3 އަށް ފުޅާކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޖީހާން ދެ ފްރޭމް ހޯދައި ހިތްވަރު ދެއްކި އެވެ. ޖެހިގެން އައި ފްރޭމްގައި ފަޔާޒުވަނީ ފެންވަރު ދައްކާލައި ރަންއައުޓަކާ އެކު ފްރޭމް ހޯދައިފަ އެވެ. ދެން އައި ފްރޭމު ނިންމާލަން ލިބުނު ފުރުސަތުގެ ބޭނުން ޖީހާނަށް ނުކުރެވުމުން ފަޔާޒު އެ ފްރޭމް ހޯދައި މެޗު ކާމިޔާބު ކުރި އެވެ.

9 ބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ފައިނަލުން ބަލިވި އިސްމާއިލް ޖީހާން - ފޮޓޯ: އެމްޕީބީއޭ


މި އަހަރުގެ 9 ބޯލް އެސޯސިއޭޝަން ކަޕްގައި 88 ކުޅުންތެރިން ވާދަކުރި އެވެ. ހުރިހާ ކުޅުންތެރިން 16 ގްރޫޕަށް ބަހާލިއިރު، ގްރޫޕްގައި ކުޅުނު މެޗުތަކަށް ފަހު ނޮކްއައުޓް ބުރުން ފުރުސަތު ލިބުނީ ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ކުޅުންތެރިންނަށެވެ.

ފައިނަލުގައި ވާދަކުރި ޖީހާން އާއި ފަޔާޒު ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕުގެ އެއް ވަނަ ކަނޑައަޅަން ކުޅުނު މެޗުވެސް ކާމިޔާބުކުރީ ފަޔާޒު އެވެ.

ފަޔާޒު ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު، ގަދަ 32 ގައި އޭނާ ބަލިކުރީ ހިޝާމް މަޖީދު އެވެ. ގަދަ 16 ގައި މުހައްމަދު ހާނީ ބަލިކުރިއިރު، ކުއާޓާ ފައިނަލުގައި ގައުމީ ޓީމްގެ މުހައްމަދު ޝަރީފް ވާދަވެރި ކުޅުމަކަށްފަހު ބަލިކުރި އެވެ. އަދި ސެމީ ފައިނަލް އޭނާ ކާމިޔާބުކުރީ އަލީ ފަޔާޒު އާއި ވާދަކޮށް ފަސޭހަކަމާ އެކުގަ އެވެ.

ޖީހާން ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު، ގަދަ 32 ގައި ޝިފާއު އަބްދުﷲ ބަލިކުރި އެވެ. އޭގެ ފަހުން އަހުސަން ހާޝިމްގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލުގައި ހަސަން ރާޖޭޝް މޫސާ ބަލިކުރި އެވެ. ސެމީ ފައިނަލުގައި އޭނާ މޮޅުވީ ގައުމީ ޓީމުގެ އިސްމާއިލް ސުވައިދު އަތުންނެވެ.

މި އަހަރަށް އެމްޕީބީއޭގެ ބާކީ ދެ މުބާރާތެއް އެބަ އޮތެވެ. އެއީ މިމަހުގެ 25 ގައި ފަށާ 9 ބޯލް ޗެމްޕިއަންޝިޕާއި އޮކްޓޫބަރު މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ބިލިއާޑު މުބާރާތެވެ.