Advertisement

އެހެން ޕާޓީތަކުގެ އިންތިހާބުގައި ބައިވެރިވާން އެމްއާރްއެމުން މެންބަރުން ވަކިވާ މައްސަލަ ބޮޑުވެއްޖެ

17 ސެޕްޓެންބަރު 2022 - 21:05 2

ނިމާ ހަސަން

ނިމާ ހަސަން


އެހެން ޕާޓީތަކުގެ އިންތިހާބުގައި ބައިވެރިވާން އެމްއާރްއެމުން މެންބަރުން ވަކިވާ މައްސަލަ ބޮޑުވެއްޖެ

17 ސެޕްޓެންބަރު 2022 - 21:05 2

އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މެންބަރުން އެ ޕާޓީން ވަކިވާ މައްސަލަ ބޮޑުވެއްޖެ އެވެ.

އެ މައްސަލާގައި އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ބައެއް މެންބަރުން އެހެން ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް ވަގުތީ ގޮތުން ވަކިވުމަކީ އެ ޕާޓީން ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލު ކުރުމަށް އެ ޕާޓީން ވަކި ނުވުމަށް ވެސް އެމްއާރްއެމުން އެދިފައި ވެއެވެ.

އެ ޕާޓީން އިތުރަށް ވަނީ ސާބިތުކަމާއެކު އެ ޕާޓީއާއެކު ތިބި މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ހަމައެއާއެކު، އެ ޕާޓީއަށް އިތުރު މެންބަރުން ގުޅުމަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެމްއާރްއެމުން ބުނެ އެވެ.