Advertisement

1.1 މިލިއަން ފަތުރުވެރިންނާއެކު މިއަހަރުގެ ޓާގެޓާ ގާތަށް

17 ސެޕްޓެންބަރު 2022 - 09:53 0

ނިމާ ހަސަން

ނިމާ ހަސަން

ރާއްޖެ އައި ފަތުރުވެރިންތަކެއް؛ މިއަހަރު މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި -- ފޮޓޯ: އަދަދު ފައިލް


1.1 މިލިއަން ފަތުރުވެރިންނާއެކު މިއަހަރުގެ ޓާގެޓާ ގާތަށް

17 ސެޕްޓެންބަރު 2022 - 09:53 0

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ސަރުކާރުން ބުނެފި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދެއްގެ ގޮތުގައި ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" ނުވަތަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ. އޭގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން މިދިޔަ އޮގަސްޓުމަހާ ހަމައަށް އައިއިރު، ސެޕްޓެމްބަރު މަހު މިވަނީ 1.1 މިލިއަން ފަތުރުވެރިން އައިސްފަ އެވެ.

މިއަހަރުގެ ޓާގެޓުގެ ގޮތުގައި އޮތް 1.6 މިލިއަން ފަތުރުވެރިންނާ ގާތަށް ރާއްޖެ ދާއިރު، އެ ޓާގެޓު ހާސިލު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރަނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި ހިނގާ ސެޕްޓެމްބަރު 14، ގެ ނިޔަލަށް ރާއްޖެއަށް 1،130،035 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ އެވްރެޖްކޮށް ދުވާލަކަށް 4،380 ފަތުރުވެރިންނެވެ. އަދި އެ ފަތުރުވެރިން ރާއްޖޭގައި މަޑުކުރަނީ އެވްރެޖުކޮށް 8.2 ދުވަހަށެވެ.

މިއަހަރު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓުތަކަކަކީ އިންޑިއާ، ރަޝިޔާ އަދި އިނގިރޭސިވިލާތެވެ. އެ ތިން ގައުމުން އެކަނި ރާއްޖޭގެ މާކެޓުގެ 37.2 ޕަސަންޓު ހިއްސާ ކުރެ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން 160،099 ފަތުރުވެރިން، ރަޝިޔާއިން 132،704 ފަތުރުވެރިން އަދި ޔޫކޭއިން 127،300 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އޭގެ އިތުރަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުން ދަނީ ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސްގެ އިތުރުން ސްޕެއިނާއި ސައުދީ އަރަބިއްޔާ އަދި ސްވިޒަލެންޑުންނެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަންނަނީ ހިންގަމުންނެވެ. ވަކިން ހާއްސަކޮށް މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ ރަންޔޫބީލް އަހަރަށްވުމާ އެކު ޓޫރިޒަމް މިނިސްޓްރީ އިސްވެ އަންނަނީ ކުލަގަދަ ގޮތެއްގައި އެކަން މުޅި އަހަރު ތެރެއަށް ބަހާލައިގެން ފާހަގަކުރަމުންނެވެ.