Advertisement

ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ބަޔަކަށް ހަމަލާދިން ކަމަށް އިއުތިރާފު ވެއްޖެ

17 ސެޕްޓެންބަރު 2022 - 05:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކާޑީ ބީ ކޯޓުގައި. -- ފޮޓޯ: ރޮއިޓާޒް


ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ބަޔަކަށް ހަމަލާދިން ކަމަށް އިއުތިރާފު ވެއްޖެ

17 ސެޕްޓެންބަރު 2022 - 05:50 0

އެމެރިކާގެ ސްޓްރިޕް ކްލަބެއްގެ ތެރޭގައި ބަޔަކަށް ހަމަލާދިން ކަމަށް ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އިއުތިރާފު ވެއްޖެ އެވެ.

އޭނާ ދެ ދައުވާއަށް އިއުތިރާފުވީ ޝަރީއަތަކަށް ނުގޮސް މައްސަލަ ނިންމުމަށް ޕްރޮސެކިއުޓަރުންނާ އެކު އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ.

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ކާޑީ ބީ އިއުތިރާފުވުމުން އޭނާއަށް ހުކުމް ކުރީ 15 ދުވަހުގެ ކޮމިއުނިޓީ ސާވިސް އަދާ ކުރުމަށެވެ.

އިތުރު 10 ދައުވާ ވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ.

"އަހަރެންގެ މާޒީގައި ބައެއް ގޯސް ނިންމުންތައް ނިންމިފައި އެބަ ހުރި. އެ ކަންކަމާ ކުރިމަތިލުމަށް ބިރެއް ނުގަނޭ،" ކާޑީ ބީގެ ބަޔާނެއްގައި ބުންޏެވެ.

އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ 2018 ވަނަ އަހަރު ނިއު ޔޯކްގެ އޭންޖެލްސް ނައިޓް ކްލަބުގެ މުވައްޒަފުންނަށް ތަފާތު ދެ ހަމަލާއެއް ދިނުމުގައި އަދި އެކަން ރޭވުމުގައި ބައިވެރިވި ކަމަށެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ އެ ހަމަނުޖެހުމަށް މެދުވެރިވީ ކާޑީ ބީ އާއި އެ ނައިޓް ކްލަބާ ގުޅުން ހުރި ދެ އަންހެނުންނާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. ކާޑީ ބީ ގަބޫލުކުރި ގޮތުގައި އޭނާގެ ފިރިމީހާ އަދި ރެޕް ލަވަކިޔުންތެރިޔާ އޯފްސެޓް އާއި އެ ތަނުން އަންހެނަކު އުޅުނީ ވަގަށް ލޯބީގެ ގޮތުން ގުޅިގެންނެވެ.

ކޯޓުގައި ތަފުސީލް ކިޔައިދޭން އެންގުމުން ކާޑީ ބީ ބުނީ ހަމަލާ ދިނުމަށް އެހީވުމަށް އިންސްޓަގްރާމް މެދުވެރިކޮށް އެކުވެރިއެއްގެ ކައިރީގައި އެހި ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުގައި 5000 ޑޮލަރު ވެސް ހުށަހެޅި ކަމަށެވެ.

ކާޑީ ބީގެ އަސްލު ނަމަކީ ބެލްކާލީސް މާރްލެނީސް އަލްމަންޒާރް އެވެ. އޭނާ މަޝްހޫރުވީ 2017 ވަނަ އަހަރުގެ ލަވަ "ބޯޑަަކް ޔެލޯ" އިންނެވެ.

އޭނާގެ ފުރަތަމަ އަލްބަމް "އިންވޭޝަން އޮފް ޕްރައިވެސީ" އަށް ވަނީ 2019 ވަނަ އަހަރުގެ އެންމެ މޮޅު ރެޕް އަލްބަމްގެ ގޮތުގައި ގްރެމީ އެވޯޑް ލިބިފަ އެވެ.