Advertisement

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުވައްޒަފުން ތަޖުރިބާ ހޯދަން އިންޑިއާއަށް

15 ސެޕްޓެންބަރު 2022 - 19:36 0


އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުވައްޒަފުން ތަޖުރިބާ ހޯދަން އިންޑިއާއަށް

15 ސެޕްޓެންބަރު 2022 - 19:36 0

މަސައްކަތު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުވައްޒަފުން އިންޑިއާއަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ.

މިއީ އިންޑިއާގެ ސަރުކާރުން ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަން މެދުވެރިކޮށް ހޯދައިދީފައިވާ ފުރުސަތެކެވެ. މި ދަތުރުގެ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ޓިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ފަރާތުން ޓިކެޓްއާއި ހަވާލުވެ ވަޑައިގެންނެވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޭވިއޭޝަން ސެކިއުރިޓީ ޑިރެކްޓަރު އަލީ އަސްގަރު އެވެ.

މި ދަތުރަކީ އިންޑިއާގެ ސަރުކާރުން ކުރިއަށްގެންދާ މިބާވަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ފުރަތަމަ ފުރުސަތު ކަމަށް ފާހަގަކުރެއްވި އެވެ. އަދި، މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

މިދަތުރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމުގެ ގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ފަންޑުކޮށް ހަމަޖައްސައިދިން ދަތުރެއް ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެ އެވެ.

ފަސް ދުވަހުގެ މި ދަތުރުގެ ބައިވެރިން ފުރާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.