ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

ނުވަ ވަނަ ބަޔާ ގުޅޭ

ދޮންބެދައްތަގެ ހަރަކާތްތައް ހުރި ގޮތުން އަހަރެންގެ މޫޑު އެކުގައި ބަދަލުވި އެވެ. އާމިރާއަށް ވެސް ލިބުނީ ކޮން ކަހަލަ ބާރެއް ކަމެއް ނޭނގެ އެވެ. އޭނާ އެނދުން ތެދުވާން އުޅުނެވެ. އަހަރެން ވެސް އެނދުން ތެދުވެގެން ދޮންބެދައްތައާ ދިމާއަށް ދިޔައީމެވެ.

"ދޮންބެގެ ހަނދާންތައް އަލުން ލިބިއްޖެ." ދޮންބެދައްތަގެ ހުރިހާ ދަތެއް އެކުގައި ފެނުނެވެ.

Advertisement

އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. އެއާއެކު އާމިރާއާ ދިމާއަށް ބަލައިލެވުނެވެ. އާމިރާ ވެސް އަވަސްއަވަސް ކޮށްލައިގެން އެނދުން ތެދުވި އެވެ.

ދޮންބެދައްތަގެ ފަހަތުން ދެ މީހުން އެކުގައި ކޮޓަރިން ނުކުތީމެވެ. ބަހެއް ނުބުނެ ތިބެ އެވެ. އޭރު ދޮންބެ އިނީ ސޯފާގަ އެވެ. އިސްޖަހައިލައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމުގެ އަސަރުތަކެވެ. ހިތައިމައިގެ ކުލަތަކެވެ.

"ދޮންބޭ." އަހަރެން ދޮންބެއަށް ގޮވާލީމެވެ.

ދޮންބެ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަން އިނެވެ.

"މީ ދޮންބެގެ ރަޔާނޭ." އަހަރެން ބުނެލީމެވެ.

ދޮންބެއަށް އަހަރެން ވަކިކުރާން ނޭނގިފައި އިންނަ ބީދައިން އަހަންނާ ދިމާ ބަލަހައްޓައިގެން އިންނާތީ ސުވާލުގެ ނަޒަރުން އަހަރެން ބަލަންފެށީމެވެ.

"ހަނީ. އެއީ ރަޔާނޭ. ރަޔާން ނޭނގޭތަ؟" ދޮންބެދައްތައަށް ޝައްކުވާން ފެށި އެވެ. "އެއީ ކޮއްކޮއޭ."

"ކިހިނެއް މިވީ؟" އަހަންނަށް ބުނެލެވުނެވެ.

"އެކަމަކު ދެންމެ ހާދަ ގިނަ ވާހަކައެއް ދޮންބެ ދެއްކިއޭ. އަހަރެން ގާތު ހަމަ ކަންކަން ހިނގައިދިޔަ ގޮތުގެ ވާހަކަ ވެސް ކިޔައިދިން. އަހަރެން ގަބޫލުނުކުރެވިގެން އެކި ސުވާލު ވެސް ކުރީމޭ."

"ދެން، ދޮންބޭ!" އަހަރެންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަތައް ފެވި މޮޅީގެ ކުލަވަރު ފާޅުވާން ފެށިކަން އަހަންނަށް އެނގެ އެވެ.

"އާނ! ދެން. އެކަމަކު.." ދޮންބެގެ އުނގާ ދިމާއަށް ދޮންބެދައްތައަށް ތިރިވެވުނެވެ.

އަހަންނަށް އެ މަންޒަރަށް ބަލަން ހުރެވުނީ އެވެ. ދޮންބެދައްތަގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ ކުލަތަކަށެވެ. އޭނާގެ ލޮލަށް ގިނަވި ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހެމުން ދިޔަ އެވެ.

"އިރުކޮޅެއްގެ އުފަލެއް. ސިކުންތުކޮޅެއްގެ ހިތްހަމަ ޖެހުމެއް. އެ ވަރު ވެސް. އެ ވަރު ވެސް އަހަންނަށް ފުދޭ. ފުދޭ." ދޮންބެދައްތަ ގިސްލަމުން ގިސްލަމުން ބުނެލި އެވެ.

ބަދަލުގައި އަހަންނަށް ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މަންޒަރު ބަލާން އާމިރާ ތަންކޮޅެއް ދުރުގައި ހުރީ އެވެ. އޭނާގެ މޫނުމަތިން ފެންނަނީ މޮޅީގެ އަސަރުތަކެވެ. މާޔޫސްކަމުގެ ކުލަވަރެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ.

"މި އަހަރެންގެ ދުނިޔެ، އަހަރެންގެ ދުނިޔެ. މި ދުނިޔޭގައި އަހަންނަށް އޮތް މިންވަރަށް އަހަރެން ޝުކުރުވެރިވަން. އެކަމަކު... އެކަމަކު މި ދުނިޔެއިން އެހެން ބަޔެއްގެ ދިރިއުޅުމަށް އަސަރެއް ކުރާކަށް، ދެރައެއް ލިބޭކަށް އަހަރެން ނޭދެން. އާމި، ރަޔާން! ދޮންބެއަށް މާފުކުރޭ،" ދޮންބެދައްތަ ގިސްލަމުން ގިސްލަމުން ބުނެލި އެވެ. "އަހަންނަށް އެނގޭ އެއީ މާފު ހައްގުވާކަމެއް ނޫންކަން ވެސް. އެކަމަކު ދޮންބެ ހަމަހޭގައި، ހަމަ ބުއްދީގައި ހުރެ އ ެވަރު ކަމެއް ނުކުރާނެ. ނުކުރާނެ. އަހަންނަށް އެކަން އެނގޭ."

"ކޮއްކޯ!" ދޮންބެ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

ދޮންބެގެ މޫނު އަރިކޮށްލަމުން އަހަންނާ ދިމާއަށް ފުން ނަޒަރަކުން ބަލަމުން ދިޔަ އެވެ. އަހަންނަށް ލަސްލަހުން ހިންދިރުވާލެވުނެވެ.

"ދޮންބޭ." ދޮންބެއާ ދިމާއަށް އަހަންނަށް ތިރިވެވުނެވެ.

"ކޮއްކޯ." އަނެއްކާ ވެސް ދޮންބެ އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ދޮންބޭ. އަހަރެންގެ ބޮލުގައި ފިރުމައިލަމުން ނިކަން ލޯބިން ގޮވާލައިލަދީބަލަ." އަސަރާއެކު އަހަރެން ބުނެލީމެވެ.

ދޮންބެ އަތް ހިއްލައިލި އެވެ. އަހަރެންގެ މޫނަށް ބަލައިލި އެވެ. އެ ބެލުމުން އަހަންނަށް ސިފަވަމުން ދިޔައީ މާޒީގެ އުފާވެރިކަމެވެ. އަހަންނަށް ތެދުވެވުނެވެ. ދޮންބެގެ ދެ އަތް ހުޅުވާލި އެވެ. ދޮންބެ މަޑުމަޑުން ކޮޅަށް ތެދުވި އެވެ. އަހަރެންގެ ގައިގައި ބާރަށް ބައްދައިލި އެވެ.

އަހަންނަށް ކެތެއް ނުކުރެވުނެވެ. އުފަލުން ގޮސް ރޮވުނީ އެވެ. ދޮންބެއަށް ވެސް ވީ އެވަރެވެ. އޭނާ ވެސް ރޮމުން ގިސްލަމުން އަހަރެންގެ ބުރަކަށީގައި ފިރުމަމުން ބައްދަމުން ދިޔަ އެވެ.

"އަހަންނަށް ހުރިހާ ކަމެއް ހަނދާން ވެއްޖެ." ކުރެހިފައިވާ އަޑަކުން ދޮންބެ ބުނެލި އެވެ.

"ކޮން ހުރިހާ ކަމެއް؟" އަހަރެން ބޭނުންވީ ޔަގީންކުރާށެވެ.

"ދޮންބެއަށް މިވީ ގޮތް." ދޮންބެ ބުނެލި އެވެ.

"ކިހިނެއްވީ ކުއްލިއަކަށް ހަނދާން އާވީ؟" ދޮންބެދައްތަ އަހައިލި އެވެ.

"އަހަންނަކަށް ނޭނގެވީ ގޮތެއް. ކޮއްކޮގެ ރުޅިވެރި މޫނު އަހަރެންގެ ސިކުނޑީގައި ހަރުލައިފަ ހުންނަނީ. އެހެންވެ އަހަންނަށް ވިސްނެން ފެށީ. އަހަރެން އެނދުމަތީގައި އޮއްވާ އަހަރެން ނަގައި ކޮއްކޮ އެއްލައިލީމަ އަހަރެން އެކަމާ ވަރަށް ދެރަވި. އެހެންވެ އެކަން ސިކުނޑީގައި އިންނަނީ. އަދިވެސް އެ މަންޒަރު ފެންނަނީ." ދޮންބެގެ ވާހަކަދެއްކުމުގައި އެހެން ގޮތެއް ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ.

"ކީއްވެ ދޮންބެ އެއްލައިލަން ޖެހުނީ؟" ދޮންބެދައްތަ އަނެއްކާ ވެސް ސުވާލުކުރި އެވެ.

"އަހަންނަކަށް ނޭނގެ، އަހަރެން ނިދައިފަ އޮއްވާ އަހަރެން އެއްލައިލަން ޖެހުނު ސަބަބެއް. އަހަރެން އޮތީ ވަރަށް އަރާމުކޮށް ނިދައިފަ. ހުވަފެނެއްގައި އަހަރެން އުޅުނީ. އެ ހުވަފެނުގައި އެކި ކަންކަން ކުރެވުނު. ބައެއް ބިރުވެރި މަންޒަރުތައް ވެސް ފެނުނު. ދެން ހަމަ ކުއްލިއަކަށް އަހަރެން ފާރާ ދިމާއަށް ދިޔައީ. އެ ހިސާބުން ލޯ ހުޅުވުނީ. އޭރު ކޮއްކޮ ހުރީ މުއްކަވައިގެން. އަހަންނާ ދިމާއަށް ބަލަހައްޓައިގެން. ރުޅި އައިސް."

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ދޮންބެދައްތަ ވެސް ނޭވާއެއް ބޭރުކޮށްލި އެވެ.

"ދޮންބެއަށް މި ހުރިހާ ދުވަހު އުޅެވުނު ގޮތެއް ކުރެވުނު ކަމެއް ހަނދާނަކަށް ނާދޭތަ؟" ދޮންބެ ކޮނޑުގައި ހިފައިލަމުން ސޯފާގައި އިށީންނަށް ބުނަމުން އަހަރެން އަހައިލީމެވެ.

"އަހަންނަކަށް ނޭނގެ. އަހަރެން ހަނދާންވަނީ އޮފީހަށް ދިޔަ ހަނދާން. ދެން... ދެން.." ދޮންބެ ކަމެއް ހަނދާންކުރަމުން އަހަންނާ ދިމާއަށް ބަލައިލަމުން ލޮލަށް ގޮތެއް ހަދައިލި އެވެ.

ދެން ދިޔައީ ދިގު ދެމިގެން ދިޔަ ހިމޭން ވަގުތުކޮޅެކެވެ.

"އާނ! އަހަރެން ވެހިކަލް... ވެހިކަލުން ފޭބިން. ދެން.. ދެން ދިޔައީ ފާހާނާއަށް.. އޭރު ދުރުން އެހެން ވެހިކަލެއް ދުއްވާފައި އައި. ދެން.. ދެން ނޭނގުނު."

"އަދިވެސް ދޮންބެއަށް އެނގޭނެ. ހަނދާންވާނެ ކިޔައިދީބަލަ." އަހަރެން ބުނެލީމެވެ.

"ދެން ނޭނގޭ. ދެން ފެންނަނީ ހުދުކުލަ، ހުސް ހުދުކުލަ. ދެން ހަނދާންވަނީ ކޮއްކޮ އެއްލައިލި ހަނދާންތައް." ދޮންބެ މޫނަށް ގޮތެއް ހަދައިލި އެވެ.

"ޑޮކުޓަރު ބުނެފަ އޮތީ ހަނދާން ވާން ފަށާ ހިސާބުން ގިނައިން ހަނދާންކުރާން މަސައްކަތްކުރުވަން، އޭރުން ހަނދާނަށް އަންނާނެކަމަށް. އޭރު އެއްކޮށް ދޮންބެ ނޯމަލް ވާނެ ކަމަށް." އަހަރެން ބުނެލީމެވެ.

"ޑޮކުޓަރު؟ ކޮން ނޯމަލްއެއް. ކޮން ކަމެއް؟" ދޮންބެ ދެ ލޯ ބޮޑުކޮށްލި އެވެ.

"ސުބުހާނަﷲ." ދޮންބެދައްތަ ޝަހާދަތް އިނގިލި ޖައްސައިލީ އޭނާގެ ނޭފަތުގަ އެވެ.

"ކިހިނެއްވީ؟" ދޮންބެ ބަލައިލީ ދޮންބެދައްތަގެ މޫނަށެވެ.

އާމިރާ މަޑުމަޑުން ދޮންބެދައްތައާ ދިމާއަށް ޖެހިލި އެވެ. އޭނާ ގޮސް ހިފައިލީ ދޮންބެދައްތަގެ ކޮނޑުގަ އެވެ.

"އަލްހަމްދުﷲ! އަލްހަމްދުﷲ. ހުރިހާ ކަމަކަށް ޝުކުރުވެރިވަން. މި އަޅާގެ ދުޢާ އިޖާބަކުރައްވައިފި. އަލްހަމްދުﷲ." ދޮންބެދައްތަ ހަމްދަށް އަތް އުފުލައިލަމުން މޫނުގައި ފިރުމައިލި އެވެ.

"ކޮންކަމެއްގެ ވާހަކައެއް މި ދައްކަނީ! ކީއްވެ މާ ބޮޑަށް ހައިރާންވެ ބަލަން ތި ތިބެނީ؟" ދޮންބެ އަހައިލި އެވެ.

"ދޮންބެ ބަލައިލަބަލަ ކަލަންޑަރު." އަހަރެން އިޝާރާތްކޮށްލީ ފާރުގައި ވަޔާ ހޫރެން ހުރި ކަލަންޑަރުގެ ގަނޑަށެވެ.

"ކީއްވެ؟ ކީއްވެ ދެހާސްއެކާވީސް. ކީއްވެ؟ އެ އޮޅުވާލުމެއް ދޯ! ދެހާސް އެކާވީހުގެ ކަލަންޑަރު ހެދީތަ؟ މި އަދި ދެހާސް ނަވާރައެއް ނޫންތަ؟" ދޮންބެ ދެ ލޯ ބޮޑުކޮށްލި އެވެ.

"އާނ! މިއީ ދެހާސް އެކާވީސް. ދޮންބެ ހަޔާތުން ދެ އަހަރު ގެއްލިގެން އެ ދިޔައީ." އަހަރެން ބުނެލީމެވެ.

"އެ ކިހިނެއް؟" ދޮންބެ ދެ ލޯ ބޮޑުކޮށްލި އެވެ.

"އެނގޭތަ ދުނިޔެއަށް ބޮޑު ޕެންޑަމިކެއް ލައްވާލައިގެން މުޅި ދުނިޔެ ފުރަބަންދުކޮށްގެން އަހަރުމެންގެ ހަޔާތުން ވެސް އެއް އަހަރު ގޭގައި ތިބެން ޖެހިގެން، އެއް އަހަރު ގެއްލިއްޖެ." އަހަރެން އޮޅުންފިލުވައިދިނީމެވެ.

"ކީކޭ؟ ފުރަބަންދޭ؟ ޕެންޑަމިކޭ؟ ކީކޭ ތި ކިޔަނީ؟" ދޮންބެ ސުވާލުތައް އަމުނައިލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox