Advertisement

ފައިސާ ނުދައްކައި، ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަކުރަން މީރާއިން ނިންމައިފި

14 ސެޕްޓެންބަރު 2022 - 17:33 0

ނިމާ ހަސަން

ނިމާ ހަސަން


ފައިސާ ނުދައްކައި، ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަކުރަން މީރާއިން ނިންމައިފި

14 ސެޕްޓެންބަރު 2022 - 17:33 0

ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކާއި، ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން މީރާ އިން ނިންމައިފި އެވެ.

މީރާއިން މިއަދު ހާމަކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ފަރާތްތަކާއި، ފައިސާ ނުދައްކާ މީހުންގެ ނަން، މި މަހުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ. އަދި މީގެ ފަހުން، މިފަދަ ފަރާތްތަކުގެ ނަން، ގަވާއިދުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ އަހަރު އިންކަން ޓެކްސް ބަޔާނާއި ހުށަނާޅައި އިންކަމް ޓެކްސް ނުދައްކައި ތިބި މީހުންގެ ނަންތައް ވެސް ހާމަ ކުރާނެ އެވެ. އެ ލިސްޓު ހާމަކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ދައުލަތަށް ދައްކަންޖެހި، ނުދައްކާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް ވެސް މިހާރު ވަނީ އަޅަން ފަށާފަ އެވެ.

މިގޮތަށް އަމަލުކުރަން ނިންމާފައިވާތީ، މިހާތަނަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ މީހުން، އެ ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ މީހުން، ލަސް ނުކޮށް ޓެކްސް ދެއްކުމަށް ނުވަތަ މީރާއާ އެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.