Advertisement

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހިކަމަށް ބުނެ މިހާރު ފަތުރަމުން ދަނީ ދޮގު ވާހަކަ: އައިޖީއެމްއެޗް

13 ސެޕްޓެންބަރު 2022 - 23:53 0

ވިލިމާލެ: މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި ފަރާތްތަކާމެދު ވަނީ ފިޔަވަޅު އަޅާފައި. --


މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހިކަމަށް ބުނެ މިހާރު ފަތުރަމުން ދަނީ ދޮގު ވާހަކަ: އައިޖީއެމްއެޗް

13 ސެޕްޓެންބަރު 2022 - 23:53 0

މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުން ތުއްތު ކުދިންތަކެއްގެ ގަޔަށް ޖަހާފައިވާ ކަމަށް ބުނެ މިހާރު ދައުރު ކުރަމުން ދަނީ ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ކަމެއް މި ފަހުން ހިނގާފައި ނެތް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

ވިލިމާލޭ ހޮސްޕިޓަލް ހިންގަނީ އައިޖީއެމްއެޗްގެ ދަށުންނެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަދަ މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައި ވަނީ މި އަހަރުގެ މެއި މަހު ކަމަށެވެ.

އޭރު އެ މައްސަލަ ސަމާލު ކަމަށް އައުމާއެކު، އެކަން ބަލައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅި އެވެ.

"އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ހޮސްޕޓަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އޭރު ތަހުގީގުކޮށް މައްސަލައިގައި އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅައި މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ވަނީ ކަށަވަރުކުރެވިފަ އެވެ،" ބަޔާނުގައިވެ އެވެ.

އެ މައްސަލައާ ގުޅުން ހުރި ތުއްތު ކުދިންގެ ބެލެނިވެރިންނަށް މިހާރު ވެސް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.