Advertisement

ގަތަރުގެ އެހީގައި ލަންކާގައި ސްޓޭޑިއަމެއް އަޅަނީ

13 ސެޕްޓެންބަރު 2022 - 05:47 1

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ (ވ) އާއި ގަތަރު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ހަމަދު ބިން ހަލީފާ ބިން އަހުމަދު އަލް-ތާނީ.-- ފޮޓޯ: ލަންކާ ޓޫރިޒަމް


ގަތަރުގެ އެހީގައި ލަންކާގައި ސްޓޭޑިއަމެއް އަޅަނީ

13 ސެޕްޓެންބަރު 2022 - 05:47 1

ކޮލަމްބޯ، ސްރީ ލަންކާ (ސެޕްޓެމްބަރު 13) - ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެހީއާ އެކު ސްރީ ލަންކާގައި ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލަންކާގެ ސަރުކާރުން ބުނެފި އެވެ.

ގަތަރު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، ޝެއިހް ހަމަދު ބިން ހަލީފާ ބިން އަހުމަދު އަލް-ތާނީ، ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގެ ދައުވަަތަކަށް ކުރައްވާ ދަތުރުފުޅުގައި ދާދި ފަހުން ވަނީ ލަންކާ އަށް ވެސް ވަޑައިގެންފަ އެވެ.

ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސް ފަރާތްތަކާއި ލަންކާ ސަރުކާރުގެ މިނިސްޓަރުންނާ ވެސް ހަމަދު ބިން ހަލީފާގެ މި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ލަންކާގެ ޓޫރިޒަމް މިނިސްޓަރު، ހަރިން ފެނާންޑޯއާ އެކު ބޭއްވި ހާއްސަ ބައްދަލުވުމުގައި ލަންކާގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވޭނެ ގޮތްތަކެއް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އެ ގޮތުން ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ލަންކާގައި ފުޓްބޯޅަ ސްޓޭޑިއަމެއް ގާއިމްކުރުމަށް ވާހަކަ ދައްކަވާފައިވާއިރު، މިހާރު އެ ސްޓޭޑިއަމް އެޅުމަށް ބޭނުންވާ ބިން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަންނަ ނޮވެމްބަރާއި ޑިސެމްބަރުުގައި ގަތަރުގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ޕްރޮޖެކްޓްގެ ތެރެއިން ގަތަރުން ގިނަ ގައުމުތަކަކަށް ފުޓްބޯޅަ ޕިޗްތަކެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަތަރާއި ލަންކާގެ ފުޓްބޯޅައިގެ ގުޅުން ފެންނަނީ ވަރަށް ބަދަހިކޮށެވެ. އެ ގޮތުން ގަތަރުގެ އެސްޕަޔާ ފައުންޑޭޝަންގެ އެހީގައި ތިން އަހަރުގެ ޕްރޮގްރާމެއްގެ ތެރެއިން ލަންކާ ގައުމީ ޓީމުގެ ކޯޗަކަށް ކުރިން މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކޮށް، ކޯޗިންގައި ވޭލްސް ލީގުގައި މަސައްކަތްކުރި އެންޑީ މޮރިސަން ހަމަޖެއްސީ މިދިޔަ މެއި މަހު އެވެ. މީގެ އިތުރުން އެކި މުބާރާތްތަކާ ދިމާކޮށް ލަންކާގެ ޓީމުތައް ގަތަރުގައި ކޭމްޕް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދެ އެވެ.