Advertisement

ސިވިލްކޯޓުގެ ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 މީހަކު ކުރިމަތިލައިފި

11 ސެޕްޓެންބަރު 2022 - 18:30 0

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން: އެ ކޯޓުން ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 މީހަކު ވަނީ ކުރިމަތިލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސިވިލްކޯޓުގެ ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 މީހަކު ކުރިމަތިލައިފި

11 ސެޕްޓެންބަރު 2022 - 18:30 0

ސިވިލް ކޯޓުގެ ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އެކޮމިޝަނުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ 17 ބޭފުޅުންނެވެ. އެއީ:

  1. އަލީ ނަސީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
  2. އަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175
  3. މުހައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ
  4. އަލީ ނަދީމް / ހ.ގްލޯރިއޯސާ 2
  5. ނަފީލު މުހައްމަދު / ލަކީހޯމް، ގއ.ދާންދޫ
  6. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
  7. އަހުމަދު މައުސޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ
  8. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
  9. އަބްދުﷲ އިޙްސާން / ސައިފަތްމާގެ، ސ.ހިތަދޫ
  10. ފަތުހުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ.މާވަށް
  11. ފައިސަލް އާދަމް / ދެތަނޑިމާގެ، ހދ.ފިނޭ
  12. އާދަމް ޒާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
  13. މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ.ދިއްދޫ
  14. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
  15. އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓް
  16. ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ
  17. އާމިނަތު ރައިޝަމް / ނިއުފްލާވަރ، ގއ.ގެމަނަފުށި

ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ އެކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނާއި ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.