"ޑްރަގް ފްރީ އައިލެންޑް": ގެމަނަފުށިން ކާމިޔާބުކުރި ގޮތާއި ނަމޫނާ

11 ސެޕްޓެންބަރު 2022 - 03:21 13

ލ. ގަން

ނާޒިމް ހަސަން

ނ

ގެމަނަފުށި: "ގްރަގް ފްރީ އައިލެންޑް"އަކަށް ރަށް ވަނީ ހަދާފައި - ފޮޓޯ: ގެމަނަފުށި ފޭސްބުކް ޕޭޖް


"ޑްރަގް ފްރީ އައިލެންޑް": ގެމަނަފުށިން ކާމިޔާބުކުރި ގޮތާއި ނަމޫނާ

11 ސެޕްޓެންބަރު 2022 - 03:21 13

ލ. ގަން

ގާފުއަލިފު އަތޮޅު ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު އުފުލާއި ފަހުރުވެރިކަމާއެކު ބުނަމުން އަންނަނީ އެ ރަށަކީ މިހާރު 'ޑްރަގް ފްރީ އައިލެންޑެއް' ކަމެވެ; ރާއްޖޭގައި އޮތް އެންމެ އަމާން އެންމެ ސުލްހަވެރި ރަށްތަކުގެ ތެރޭން ލިސްޓްގެ ކުރި ކަމެވެ. އެހެން ރަށްރަށަށް ނަމޫނާއެއް ކަމެވެ.

ފުލުހުންގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި 'ޑްރަގް ފްރީ އައިލެންޑް'ތަކެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި, ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގެމަނަފުށި ވަނީ އެފަދަ ރަށަކަށް ހަދާފަ އެވެ. ފުލުހުންނާއެކު ގެމަނަފުށިން މި ކާމިޔާބު ހޯދާފައިވަނީ އެންމެން އެއްކޮށް މަސައްކަތްކޮށްގެން އެއް އަޒުމެއްގައި މުޖުތަމައު ބިނާކުރުމަށް އަތުކުރި އޮޅައިގެނެވެ.

"ގެމަނަފުއްޓަކީ ވަރަށް އެކުގައި އުޅޭ ރައްޔިތެއް އުޅޭ ރަށެއް, މުޖުތަމައުގައި އޮތް ނޭދެވޭ ކަމެއް އެއީ ޑްރަގް ބޭނުންކުރުމަކީ, އެކަން ނައްތާލަން ހާއްސަކޮށް ރަށުގެ 99 ޕަސެންޓް ޒުވާނުން ތިބީ ބޭނުންވެފައި, ޑްރަގް ބޭނުން ކުރާ މީހުން ވެސް ބާކީ ނުކޮށް ދޫކޮށްނުލައި, ގުޅިގެން އެމީހުން ވެސް ގޮވައިގެން މުޖުތަމައު ބިނާކުރަން ވިސްނީ," ނާޝިދު ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭ ފުލުހުންގެ އިސް ޓީމެއް, ގެމަނަފުއްޓަށް އައީ އެ ޓީމަށް ވެސް ގެމަނަފުށި ބަދަލު ކުރެވިދާނެ ކަމުގެ އުއްމީދު އޮތީމަ އެވެ. ފުލުހުންގެ އެ އުއްމީދާއި ގެމަނަފުށީގެ އަމާޒު ދިމާވެ އެވެ. އެއީ, ރަށުން ޑްރަގްގެ ވަބާ އެކީއެކަށް ފުހެލުމެވެ. އެ މަސައްކަތް ފަށައިގަތްއިރު, ރަށުގައި ޑްރަގް ބޭނުންކުރާ ގާތްގަނޑަކަށް 20 އަކަށް މީހުން ތިއްބެވެ; ރަށް ވެފައި އޮންނަނީ ޑްރަގް ސަޕްލައި ކުރުމުގައި ވެސް މައި ހަބަކަށެވެ.

"އަބަދުވެސް, ވަރަށް ފަސޭހައިން ލިބެން ހުރޭ, އެމީހުން ބޭނުންވާ ގަޑިއެއްގައި އެ ފިހާރައެއްގައި އެ ލިބޭ ގޮތަށް އޭރު ހުންނަނީ," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ އާދަ ބަދަލުކޮށްލުމުގެ ގޮތުން ގެމަނަފުށީ ކައުންސިލުން އުފެއްދީ "އެންޓި ޑްރަގް ކޮމިޓީ" އެވެ. އެ ކޮމިޓީގައި ކައުންސިލާއި ފުލުހުންގެ އިތުރުން ރަށުގެ ކޮންމެ މުއައްސަސާއަކުން މީހަކު ބައިވެރިކުރި އެވެ. އަދި ވަޑިންނާއި މަސްވެރިންނާއި ކެޔޮޅުންނާއި ކައްޕިން ފެށިގެން ޒުވާނުންނާއި ޖަމިއްޔާތަކުގެ ބައިވެރިވުން ކޮމިޓީގައި ހިމެނި އެވެ. ނާޝިދު ގަބޫލު ކުރައްވާ ގޮތުގައި, ކަމެއް ރަނގަޅު ކުރެވޭނީ އެންމެންގެ ބައިވެރިވުމާއި އެންމެންގެ ހިޔާލާއި މަޝްވަރާގެ މަތިންނެވެ.

ގެމަފުށީ ޒުވާނުންތަކެއް: މިިއީ އެކުވެރި ރަށެއް - ފޮޓޯ: ގެމަނަފުށި ފޭސްބުކް ޕޭޖް


"...ކޮމިޓީން އެންމެ ފުރަތަމަ ވެސް ރަށުގައި ތިބި ޑްރަގް ބޭނުން ކުރާ ކުދީންނާ ބައްދަލުކުރީ, އަދި އެމީހުންނަށް ރަނގަޅުވާން އަމިއްލައަށް ފުރުސަތެއް ދިނީ, އޭރު އެކަމަށް އެއްބަސްވީ ދެތިން ޒުވާނަކު, އެހެން މީހުން ބުނީ ތިމަންނަމެން ބޯނަމޭ," ނާޝިދު ވިދާޅުވި އެވެ. ރަނގަޅުވާން އެދުނު ކުދިންގެ އަތުގައި ހިފައިގެން ދެން ހިނގައިގަތީ, ޑްރަގްގެ ވަބާގެ މޫ ރަށުން އުފުރާލުމަށެވެ.

ވިއްކާ މީހުން ރަށުން 'ނައްތާލުމެވެ'. ރަށުން ޑްރަގް ނުލިބޭ ގޮތް ހެދުމެވެ. އެކަމުގެ ޔަގީންކަން ފުލުހުން ކައުންސިލަށް ދީފައިވާއިރު, ރަށުގައި ޑްރަގް ވިއްކައި ސަޕްލައި ކުރާ މައި އެކަކު ހުއްޓެވެ. އެއް މަސް ތެރޭގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދިވެސް ހުރީ ޖަލުގަ އެވެ.

"...އޭނާ ނެގީމަ ޑްރަގް ރަށަށް އައުން ހުއްޓުނީ, އޭރު ރަށުގަ ބޯން އުޅޭ 10 ވަރަކަށް ކުދިން ޑްރަގް ނުލިބެން ފެށީމަ ދެން 'ސިކްވާން' ފެށީ, ވަރަށް ވޭނުގައި އޭރު އެމީހުން އުޅުނީ, ސިއްހީ މަރުކަޒުގައި ވެސް އެޑްމިޓް ކުރަން ޖެހުނު," ނާޝިދު ވިދާޅުވި އެވެ. އެކަމަކު, ގަސްތުކުރީ ދުލެއް ނުދީ އެއަށްވުރެ ބާރުކޮށްލާށެވެ.

"ދެ ހަފުތާވަރު އެގޮތުގައި ދިޔަ, ދެން އެމީހުން ދާން ފެށީ ކައިރި ރަށްރަށަށް, އެ ރަށްރަށަށް ގޮސް ބޮއިގެން އެނބުރި ގެމަނަފުއްޓަށް އަންނަނީ, އެގޮތަށް ރަށުން ބޭރަށް މީހަކު ދާއިރަށް ކޮމިޓީން ފުލުހަށް މައުލޫމާތު ދެން, އޭރަށް ފުލުހުން ބަލާނެ އެމީހެއްގެ ހަރަކާތްތައް, އޭނާ ކޮންމެހެން ހައްޔަރު ކުރުމެއް ނޫން އެކަމަކު, ރަށަށް އެއްވެސް ޑްރަގެއް އެތެރެކުރޭތޯ ބަލަނީ, އެކަން ހުއްޓުވަނީ,"

"މިހާރު ޔަގީން, މި ރަށަކުން މިހާރަކު ޑްރަގެއް ނުލިބޭނެ,"

ގެމަނަފުށިން އަހަންވީ، ބަލަންވީ، ދަސްކުރަންވީ ކަންކަން

ރަށު ވަންތަ ލޯބީގެ މީރު ވަހާއި ގަދަރުވެރި ދިރިއުޅުމެއްގެ ހުރިހާ ރަހައެއް ހެޔޮވަރު ވެގެން ފޯދެމުން އަންނަ މި ރަށުން ބަލައިގެން، އަހައިގެން އެންމެ ހެޔޮވަރު ފިލާވަޅެއް ދަސްކުރަން ލިބިދާނެ އެވެ.

ގެމަނަފުށިން އަހަންވީ، ބަލަންވީ، ދަސްކުރަންވީ ކަންކަން

ރަށު ވަންތަ ލޯބީގެ މީރު ވަހާއި ގަދަރުވެރި ދިރިއުޅުމެއްގެ ހުރިހާ ރަހައެއް ހެޔޮވަރު ވެގެން ފޯދެމުން އަންނަ މި ރަށުން ބަލައިގެން، އަހައިގެން އެންމެ ހެޔޮވަރު ފިލާވަޅެއް ދަސްކުރަން ލިބިދާނެ އެވެ.

އެގޮތުގައި ހިފަހައްޓާލުމުން, ޑްރަގް ބޭނުން ކުރާ މީހުނަށް އެކަން ކުރުމަށް ހުރަސްތައް ގިނަވެ, މަޑުމަޑުން އެއާ ދުރަށް ދާން ވިސްނަން ފެށި އެވެ. ކުރިން ނޫނެކޭ ބުނި މީހުންގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތައް އަންނަން ފެށި އެވެ. އުޅުން އިސްލާހުވެ, ހަށިގަނޑު ވެސް ރީތިވެލި އެވެ. އެއާއެކު, ކޮމިޓީން ހަތް މީހަކާ އެކު ދިޔައީ އެއްބަސްވުމަކަށެވެ.

އެ އެއްބަސްވުމުގެ ދަށުން ކޮމިޓީން އަންނަނީ އެމީހުން މުޖުތަމައުގައި ޝާމިލް ކުރަމުންނެވެ. މަސައްކަތް ހޯދައިދީ, އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިކުރަމުންނެވެ. ކޮންމެ ދުވަހަކު މަސައްކަތަށްފަހު ޒުވާނުންނާއެކީ ކުޅެންދެ އެވެ. ފަސް ވަގުތު ނަމާދަށް ދާ މީހުން ވެސް އޭގެ ތެރޭގައި ގިނަ އެވެ. މިކަންކަން އެއްބަސްވުމުގެ ތެރޭން އެމީހުންނަށް އޮތްއިރު, މޮނީޓާކުރުމުގެ ގޮތުން ދޭތެރެ ދޭތެރޭން އެމީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރެ އެވެ. ރޫޓިން ޗެކަޕްތައް އޮވެ އެވެ.

"...އަދި މިހާތަނަށް އެއިން އެއްވެސް މީހެއްގެ ގައިން ޑްރަގް އޭގެ ފަހުން ފެނިފައެއް ނުވޭ, އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް," ކައުންސިލްގެ ރައީސް ފަހުރާއެކު ވިދާޅުވި އެވެ.

އެމީހުން ރަނގަޅަށް މަސައްކަތަށް ދޭ ތޯ އާއި ލިބޭ އާމްދަނީ ވެސް ކޮމިޓީން މޮނީޓާކުރެ އެވެ. ކޮމިޓީގެ މެންބަރުން ތިބެނީ އޭގެ ތެރޭން ކޮންމެ ވެސް އެކަކަށް ހާއްސަކޮށްފަ އެވެ. އެގޮތުން, ކޮންމެ މަހަކު އެއް ފަހަރު ބާއްވާ ކޮމިޓީ ބައްދަލުވުމަށް ކޮމިޓީގެ މެންބަރުންނާ ހަވާލުކޮށްފައިވާ މީހާއާ ގުޅޭ އަޕްޑޭޓްތަކާއި އެމީހުންގެ ހާލަތު ހުށަހެޅުން އޮވެ އެވެ.

ކައުންސިލްގެ ވިސްނުން ހުރީ މިގޮތުގައި އެމީހުން މޮނީޓާކުރުން އަދި ދިގު މުއްދަތަކަށް ކުރިއަށް ގެންދާށެވެ. އެއީ, އެމީހުނަށް ބޭނުން އެ އެހީތެރިކަމާއި އެއްބާރުލުން, އަލުން ޑްރަގަށް ދިޔަނުދިނުމަށްޓަކައި ބޭނުންވާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

"މިހާރު އެމީހުން އެތިބީ މުޖުތަމައު ގަބޫލުކުރެވޭ ބަޔަކަށް ވެފައި, ކުރިން ބިއްޖެހިފައި ތިބި މީހުން މިހާރު އެ އުޅެނީ ބުރަކޮށް މަސައްކަތުގައި,"

ގެމަނަފުށި: ރީތީކަމާ އެއްވަރަށް ސުލްހަވެރި ރަށެއް - ފޮޓޯ: ގެމަނަފުށި ފޭސްބުކް ޕޭޖް


ކައުންސިލްގެ ރައީސް ނާޝިދު ފާހަގަ ކުރެއްވި ގޮތުން, ރަށުން ބޭރުގައި އުޅޭ ރަށުގެ ދެތިން ކުއްޖެއް އަދިވެސް ޑްރަގު ތެރޭ އެބަ އުޅެ އެވެ. އެމީހުން ވެސް ރަށަށް ގޮސްފިނަމަ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމާއި އެހެން ނޫންނަމަ, ރަށުގައި އެމީހުންނަށް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އެމީހުންނަށް ވެސް އެނގޭ މި މުޖުތަމައުގަ އެގޮތަށް ނޫޅެވޭނެކަން," 1,900 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގެމަނަފުށީ ކައުންސިލްގެ ރައީސް ނާޝިދު ވިދާޅުވި އެވެ.

އެކަން އެހާ ހަރުކަށިކޮށް ހިފަހައްޓަން އަޒުމުކޮށްގެން ތިބީ ނާޝިދު ވިދާޅުވި ގޮތުގައި, ރަށުގެ ސުލްހަ އާއި އަމާންކަން ދަމަހައްޓާށެވެ. ޑަރްގް ބޭނުން ކުރާ މީހުން އުޅުނު ނަމަވެސް, ކުރިން ވެސް ގެމަނަފުއްޓަކީ ސުލްހަ އާއި އެކުވެރިކަމުގެ ރަށެކެވެ. ވައްކަމާއި ފޭރުން ފަދަ އެއްވެސް ކަމެއް އެ ރަށަކު އެއް އިރަކު ވެސް ނޯވެ އެވެ.

ރަށުގެ އާބާދީގެ ބޮޑު ޕަސެންޓެއް ހިޖުރަނުކޮށް ރަށުގައި ދިރިއުޅެމުން ދަނީ ވެސް އެހެންވެކަން ފާހަގަ ކުރައްވަމުން ނާޝިދު އެދުނީ އެ ރަށުން ނަމޫނާ ލިބިގަތުމަށެވެ. އަދި, އެކަން ތަޖުރިބާކޮށްލައި ސުލްހަވެރި މާހައުލެއް ދެކުމަށް އެދޭނަމަ, އެ ރަށަށް ޒިޔާރަތްކޮށްލުމަށެވެ.

އެކަމަށް, ދެކުނުގެ އަތޮޅުތަކުގެ "ވިއަވަތި ކޮންފަރެންސް"އަށް ލ. ގަމަށް ޖަމާވެ ތިބި ބަޔަކު ވެސް ތިބީ ބޭނުންވެފަ އެވެ. ގެމަނަފުށީން މި ހޯދި ކާމިޔާބު, އެ ރަށްރަށުގައި ހޯދުމަށް އެ ކައުންސިލްތަކުން ވެސް އެ ތިބީ ބޭނުންވެފަ އެވެ. ކުރިއަށް ދާންވީ, ގެމަނަފުށި ދިޔަ މަގުންނެވެ.

78.26%

0.00%

0.00%

21.74%

މި ލިޔުން ކިޔާލުމުން


ހަގީގަތް

over 2 years ago

ހުސް ދޮގު މިހާރުވެސް މަސްތުވާތަކެތި ގެމަނަފުށިން ލިބޭ ތަނޮކޮޅެއް އުނދަގޫ ނަމަވެސް ލިބެންހުރޭ ވިލިގިއްޔައް ދަތުރުކުރާ ލޯންޗުފަހަރުތައް ބަނދަރުކޮއް މީހުން ފައިބައިގެން ދިޔައިމަ އަރާ ލޯންޗުތެރޭ ފޮރުވައިގެން ގެންނަނީ އެގޮތައް ނުލިބޭ ފަހަރު ބޮގަރު ކައްކައިގެން ބޮނީ ތިބުނާ ޓީމްގެ އެއްމެނައްވެސް މިކަން އިނގޭނެ. ވަރައް ސަލާމް😅

ކޯޑިނޭޓަރ

over 2 years ago

ޅ. ހިންނަވަރު ޑްރަގް ފްރީ ރަށަކަށް ހަދާ ދެއްވާ.

ޢެމް.ޑީ.ޕީ މީހާ

over 2 years ago

ގެމަނަފުށްޓަކީ ޑްރަގް މައްސަލަ ބޮޑު ރަށެއް ނޫން. ތު ޚަބަރަކަށް ހަދައިގެން ޖަހާވަރު ވާހަކަ އެއް ނޫން.

ސައުދިއްޔާ

over 2 years ago

ބޮޑަށް ވައްތަރީ ޑްރާމާ އަކާ .ގއ. ކަނޑުހޮޅުދޫ ގދ. ގައްދޫ ކަހަލަ ރަށެއް ފަތަހަކޮށްލަ ބަލަ. އޭރުން ކަމެއް ކުރެވުނު ކަމަަށް ވާނީ.

ލޖ

over 2 years ago

ތި ބުނީ ސަތޭކާގެ ވާހަކައެށް


ހާފިޒު

over 2 years ago

ގއ ގަ އަދިވެސް ވަރަށް ގިނަ ރަށްރަށުގައި މަސްތުވާތަކެތީގެ ހާލަތުގޯސް. ބައެއް ރަށްރަށުގެ ފުލުހުން އެހާ އެކްޓިވްއެއް ނޫން. ގޭދޮށުކުރިންނާ ތިމާގެ ކުދިން އެކަމުގަ އުޅޭތީ ފިޔަވަޅު ނޭޅިފަ އޮންނަނީ

ޝާތިރު

over 2 years ago

މިއީ އެހެން ރަށްރަށުންވެސް ނަމޫނާއަކަށް ބަލަން ވެއްޖެ ކަމެއް. އަޖުމަ ބަލާލަން ނަމަވެސް މި ގޮތަށް މިކަހަލަ މަޝްރޫއެއް ހުރިހާ ރަށަކުންވެސް ފެށުން ކިހިނެއްވާނެ؟

ގެމަނަފުށި

over 2 years ago

މިރަށުގަ މިހާރު ބޮއިގެން ބިތްޖެހިފަ ހުރި ކުއްޖަކު ނުފެންނާނެ. މުޅި ރަށް އެކައްޗެއް ކިޔާފަ ހިފާލީމަ އެކަމާ ދުރަށް ދިއުން ނޫން ގޮތެއް އެކުދިންނަކަށްވެސް ނޯންނާނެ.

ހާނިމް

over 2 years ago

މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން. ގެމެނަފުށިންވެސް މަސްތުވާތަކެތި ލިބޭ. ލިބުން ތަންކޮޅެއް އުނދަގޫ އެކަމަކު ލިބޭ. އެނގޭތީ މި ބުނަނީ

ސިޔާން

over 2 years ago

ހުއްޓުވަންތިބި މީހުން ތިއަމަލު ހިންގުން ހުއްޓަންވީ ފުރަތަމަ. ޑްރަގް ބޭނުންނުކުރަންޏާ ރާ އެބަ ބޮއި

އީނާ

over 2 years ago

ކޮންމެ 2 މަހަކުން ކޮންމެވެސް އެއް ރަށެއްގަ މިކަހަލަ މަސްރޫއެއް ފެށޭތޯ ބަލަންވީ. އިސާހިތަކު ރާއްޖެއިން މިކަން ނެތިގޮސްދާނެ.

ހުސޭނު

over 2 years ago

ބައެއް ރަށްރަށުގެ ކައުންސިލްއަށް އިންތިހާބުކުރެވުނުއިރުވެސް ކެންޑިޑޭޓު އޮންނަނީ މަސްތު މައްސަލައެއްގެ ތުހުމަތުގަ ޖަލުގަ. އޭނަ މި އިންތިހާބު ވަނީ ކައުންސިލަރަކަށް. އޮންނާނެ މައްސަލަ ހައްލުވެފަ/.

ޢަލީ

over 2 years ago

ތިހާ ދޮގުހަދާކަން ނުވާނެ.