Advertisement

ޔުނިވާސިޓީގެ ދަރަޖަ ލިބޭ މިންގަނޑު ލުއިކުރަން ހުށަހަޅައިފި

7 ސެޕްޓެންބަރު 2022 - 11:42 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ގައުމީ ޔުނިވާސިޓީ؛ ޔުނިވާސިޓީގެ ދަރަޖަ ލިބޭ މިންގަނޑު ލުއިކުރުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޔުނިވާސިޓީގެ ދަރަޖަ ލިބޭ މިންގަނޑު ލުއިކުރަން ހުށަހަޅައިފި

7 ސެޕްޓެންބަރު 2022 - 11:42 0

ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ 15 އަހަރުވެފައިވާ ތައުލީމު ދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

މީގެ ކުރިން ޔުނިވާސިޓީގެ ގޮތުގައި ރެޖިސްޓްރީ ކުރެވެނީ ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވާ ނުވަތަ ރާއްޖޭއިން ބޭރު ގައުމެއްގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ޔުނިވާސިޓީތަކަށެވެ.

މިއަދު ހުށަހެޅި ބިލުގައި ވަނީ މި މިންގަނޑު 15 އަހަރަށް ލުއިކުރަން ހިމަނާފަ އެވެ. އަދި، ބައެއް އިތުރު ޝަރުތުތައް ވެސް ވަނީ ހިމަނާފަ އެވެ.

މިގޮތުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ލެވެލް ހަތަކާއި ނުވައެއްގެ ކޯސްތައް ހިންގަމުން އަންނަ ތަނަކަށް ވާން ޖެހެ އެވެ. ބަޔާންކޮށްފައިވާ ދާއިރާތައް:

  1. އާޓްސް އެންޑް ހިއުމަނިޓީ
  2. އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ
  3. ލައިފް ސައިންސް އެންޑް މެޑިސިން
  4. ނެޗުރަލް ސައިންސަސް
  5. ސޯޝަލް ސައިންސަސް

މީގެ އިތުރުން، މި ޕްރޮގްރާމްތަކުގައި ކިޔަވާ 500 ކުދިން ތިބި ކޮލެޖަކަށް ވުމާއި، ބައިނަލްއަގްވާމީ ގޮތުން ގިންތި ކުރެވިފައިވާ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަތާ ފަސް އަހަރު ވެފައިވުން ހިމަނާފައިވެ އެވެ.

މީގެ އިތުރުން ހިމަނާފައިވާ ޝަރުތަކަކީ؛

  • އެކަޑެމިކް މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓު މުވައްޒަފުން ލެވެލް 10ގެ ސަނަދު ހާސިލްކޮށްފައިވުން
  • މިނިސްޓްރީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ޔުނިވަސިޓިއެއް ހިންގުމަށް ވަސީލަތްތައް ހުރުން
  • ބައިނަލްއަގްވާމީ ކޮލިޓީ އެޝޫރަންސް ޖަމާއަތެއްގައި ބައިވެރިވެ ފަސް އަހަރުވެފައިވުން