Advertisement

ގަން ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް އަޅަން ސްޕެއިންގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް

6 ސެޕްޓެންބަރު 2022 - 20:22 0

ލ. ގަން މަތިން ނަގާފައިވާ ފޮޓޯއެއް: ގަން ރީޖަނަލް ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް އަޅަން ކުންފުންޏަކާއެކު އެއްބަސްވުމަކަށް އާދެވިއްޖެ - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ގަން ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް އަޅަން ސްޕެއިންގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް

6 ސެޕްޓެންބަރު 2022 - 20:22 0

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށާއި ގދ. ގައްދޫގައި އާ ހޮސްޕިޓަލެއް އަޅަން ސްޕެއިންގެ އެޗް.އޯ.އެމް.ޓީ އެސްޕާނާ ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ހާމަކުރި ގޮތުގައި އެ ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވުމާއެކު، ހިންގޭ އެ މަޝްރޫއުތަކުގެ ސަބަބުން އަތޮޅުތަކުގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރެވިގެން ދާނެ ކަމަށެވެ.

މި ދެ ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މި އަހަރު ގާތްގަނޑަކަށް 25 ހޮސްޕިޓަލެއްގެ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ހޮސްޕިޓަލުތަކުގެ ތެރޭގައި ގދ. ގައްދޫ ހޮސްޕިޓަލާއި ލ. ގަން ރީޖަަނަލް ހޮސްޕިޓަލް ހިމެނެ އެވެ. މި ގޮތުން ގައްދޫގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށެވެ.