Advertisement

ސިއްހަތަށް ފައިދާ ހުރި "އޯގަނިކް ލައިފް" ރެޑްވޭވުން ތައާރަފުކޮށްފި

5 ސެޕްޓެންބަރު 2022 - 08:38 1


ސިއްހަތަށް ފައިދާ ހުރި "އޯގަނިކް ލައިފް" ރެޑްވޭވުން ތައާރަފުކޮށްފި

5 ސެޕްޓެންބަރު 2022 - 08:38 1

"އޯގަނިކް ލައިފް"ގެ ނަމުގައި ރެޑްވޭވް އިން މޭވާ އާއި ތަރުކާރީ ޖޫހެއް ތައާރަފު ކޮށްފި އެވެ.

އޯގަނިކް ކާނާ އުފައްދާތާ 20 އަހަރު ވެފައިވާ ތުރުކީގެ އެލީޓް ނެޗްރަލް ކުންފުނީގެ އޮގަނިކް ލައިފް އަކީ އެ ކުންފުނިން ޔޫރަޕަށް އެކްސްޕޯޓް ކުރަމުންދާ ފެންވަރު ރަނގަޅު ބްރޭންޑެކެވެ.

މި ޖޫސް ތައްޔާރުކޮށްފައި ވަނީ ކެމިކަލް ނުޖަހައި އުފައްދާފައިވާ މޭވާ އާއި ތަރުކާރީގެ ތާސީރުންނެވެ. މި ޖޫހަށް ފޮނި ރަހަ ލެއްވުމަށް ހަކުރުގެ ބާވަތެއް، އާޓިފިޝަލް ފްލޭވާއެއް، ކުލަ ރީތިކުރަން އާޓިފިޝަލް ކުލައެއް، ދެވި ހިފާ ޒާތުގެ މާއްދާއެއް އަދި ޕްރިޒަވޭޓިވްސް އަޅާފައެއް ނެތެވެ.

"މިއީ ސިއްހަތަށް ސަމާލުކަންދޭ އަދި ކަސްރަތު ކުރާ މީހުންނަށް ވެސް ރަނގަޅު އުފެއްދުމެއް،" ރެޑްވޭވުގެ އޮފިޝަލަކު ބުންޏެވެ.

އޯގަނިކް ލައިފް ޖޫހުގެ ފަސް ވައްތަރެއް މިހާރު ހުރީ ބާޒާރަށް ނެރެފަ އެވެ. އެއީ ރެޑް ބެރީ، ވޯޓަ މެލޮން، ގްރީން އެންޑް ކްލީން، އިމިނިއުނިޓީ ބޫސްޓަ އަދި ޓާޓް ޗެރީ އެވެ.

މި ބާވަތްތައް ރެޑްވޭވްގެ ރީޓެއިލް އަދި ހޯލްސޭލް އައުޓްލެޓްތަކުން ލިބޭނެ އެވެ.