Advertisement

މާސެލޯ ބަދަލުވީ ގްރީސްގެ އޮލިމްޕިއާކޯސް އަށް

3 ސެޕްޓެންބަރު 2022 - 11:23 0


މާސެލޯ ބަދަލުވީ ގްރީސްގެ އޮލިމްޕިއާކޯސް އަށް

3 ސެޕްޓެންބަރު 2022 - 11:23 0

އެތަންސް، ގްރީސް (ސެޕްޓެމްބަރު 3) - ރެއާލް މެޑްރިޑަށް 15 އަހަރު ވަންދެން ކުޅެދިން، ބްރެޒިލްގެ ފުލްބެކް، މާސެލޯ ވިއޭރާ، ގްރީސްގެ އޮލިމްޕިއާކޯސް އަށް ބަދަލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 34 އަހަރުގެ މާސެލޯ އޮލިމްޕިއާކޯސްއާ ގުޅުނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އެ އެއްބަސްވުމުގައި ހިމަނާފައިވާގޮތުން އިތުރު އެއް އަހަރަށް މާސެލޯގެ ކޮންޓްރެކްޓް އާ ކުރެވޭނެ އެވެ.

މާސެލޯ އޮލިމްޕިއާކޯސްއާ ގުޅުނުއިރު އޭނާ އަށް އިޓަލީގެ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައި އޮތެވެ. އަދި ބޮޑު މުސާރަ ލިބޭ ގޮތަށް ޗައިނާ އާއި ޖަޕާން އަދި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ވެސް މާސެލޯ އަށް އޮފާކުރި އެވެ. އެކަމަކު، އޭނާ އެންމެ ފަހުން ނިންމާފައިމިވަނީ ގްރީސްގެ ގަދަ ބާރެއް ކަމަށްވާ އޮލިމްޕިއާކޯސްއާ ގުޅުމަށެވެ.

ރެއާލްގެ ތާރީހުގައި އެ ޓީމަށް ކުޅުނު އެންމެ ޝަރަފްވެރި އެއް ކުޅުންތެރިއަކީ މާސެލޯ އެވެ. އެއީ މާސެލޯ ރެއާލަށް ކުޅެދިން 15 އަހަރު ތެރޭ އެ ކްލަބާ އެކު، 25 ޓްރޮފީ ހޯދައިފައިވާތީ އެވެ.

ބްރެޒިލްގެ ފްލުމިނެންސޭ ދޫކޮށް 2007 ވަނަ އަހަރު ރެއާލަށް ބަދަލުވި މާސެލޯ ވަނީ އެ ޓީމަށް 545 މެޗު ކުޅެދީފަ އެވެ. ރެއާލްގައި އޭނާގެ ހާއްސަ ކާމިޔާބީތަކަށް ބަލާއިރު، ފަސް ޗެމްޕިއަންސް ލީގާއި ހަ ސްޕެނިޝް ލީގު އަދި ދެ ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ވަނީ ކާމިޔާބުކޮށްފަ އެވެ.

މާސެލޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 58 މެޗު ކުޅެދީފަ އެވެ. ބްރެޒިލްގެ ސީނިއާ ޓީމާ އެކު އޭނާގެ ހަމައެކަނި ކާމިޔާބީ އަކީ 2013 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕް އެވެ.