Advertisement

ހުޅަނގު އައްސޭރީގައި ފަލަސްތީން މީހަކާ ލޯބީގެ ގުޅުން އޮތް ނަމަ އިޒްރޭލަށް އަންގަން ޖެހޭ ގޮތް ހަދައިފި

3 ސެޕްޓެންބަރު 2022 - 11:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުން ބުނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނަމަ 30 ދުވަހުގެ ތެރޭގައި އަންގަަން ޖެހޭނެ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ހުޅަނގު އައްސޭރީގައި ފަލަސްތީން މީހަކާ ލޯބީގެ ގުޅުން އޮތް ނަމަ އިޒްރޭލަށް އަންގަން ޖެހޭ ގޮތް ހަދައިފި

3 ސެޕްޓެންބަރު 2022 - 11:38 0

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހަކާ ލޯބީގެ ގުޅުމެއް އޮތް އެހެން ގައުމުތަކުގެ މީހުން، 30 ދުވަހުގެ ތެރޭގައި އިޒްރޭލަަށް އެކަަން އަންގަން ޖެހޭނެ ކަމަށް ބުނެފި އެވެ.

ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީން މީހަކާ އެހެން ގައުމެއްގެ މީހަކު ކައިވެނިކޮށްފި ނަމަ 27 މަސް ފަހުން ހުޅަަނގު އައްސޭރިން ދާން ޖެހޭނެ ކަމަަށް ވެސް އަލަށް ހެދި ގަވާއިދުގައިވެ އެވެ. އެނބުރި ހުޅަނގު އައްސޭރިއަަށް އެތެރެވެވޭނީ މަދުވެގެން ހަ މަސް ފަހުންނެވެ.

އިޒްރޭލުން ދަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނާއި ހުޅަނގު އައްސޭރިއަށް ދަތުރު ކުރަން ބޭނުންވާ އެހެން ގައުމުތަކުގެ މީހުންނާ ގުޅޭ ގަވާއިދުތައް ހަރުކަށި ކުރަމުންނެވެ.

ފަލަސްތީނާއި އިޒްރޭލުގެ އަމިއްލަ ޖަމިއްޔާތަަކުން ބުނީ ގަވާއިދުތައް "މުޅިން އާ ހަރުފަތަކަށް ހަރުކަށިކޮށްފައިވާ" ކަމަށެވެ. އާ ގަވާއިދު ތަންފީޒް ކުރަން ފަށާނޯ ހޯމަ ދުވަހުގަ އެވެ.

އާ ގަަވާއިދުގައި ބުނީ ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީން މީހަކ ލޯބީގެއް ގުޅުމެއް އޮތް ނަމަ، އެ ގުޅުން ފަށާތާ 30 ދުވަހުގެ ތެރޭގައި އިޒްރޭލަށް އަންގަން ޖެހޭނެ ކަމަށެވެ.

ފަލަސްތީނުގެ ޔުނިވާސިޓީތަކާ ގުޅޭ ގަވާއިދު ވެސް ހަރުކަށިކޮށް، ދޫކުރާނީ 150 ސްޓުޑަންޓް ވިސާ އަދި ބޭރު ލެކްޗަރާއިން ގެނެވޭ ކޯޓާ 100 އަށް ހަދާފައިވެ އެވެ. އެކަމަކު ހުޅަނގު އައްސޭރީގައި ހިންގާ އިޒްރޭލުގެ އެއްވެސް ޔުނިވާސިޓީއަކަށް އެ ގަވާއިދެއް ނުހިންގަ އެވެ.

އިޒްރޭލުން ހުޅަނގު އައްސޭރި ހިފީ 1967 ގަ އެވެ. މިހާރު ހުޅަނގު އައްސޭރި ކޮންޓްރޯލް ކުރަނީ އިޒްރޭލްގެ ޑިފެންސް މިނިސްޓްރީގެ ދަށުން އޮންނަ ކޯގަޓް ޔުނިޓުންނެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުން ތަމްސީލް ކުރާ ޕީއެލްއޯ ޖަމާއަތުން ބުނީ މިއީ "އެއް ދައުލަތެއްގެ ތެރޭގައި ތަފާތު ދެ ނިޒާމަށް އަމަލުކޮށް، ނަސްލީ އަދި ދީނީ ތަފާތު ކުރުމުގެ ފުރިހަމަ މިސާލެއް" ކަމަށެވެ. އިޒްރޭލުން ބުނަނީ އެ ގަވާއިދުތައް ހެދީ ސެކިއުރިޓީ ސަބަަބުތަކަށް ކަމަށެވެ.