Advertisement

ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލައިފި

1 ސެޕްޓެންބަރު 2022 - 10:39 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފެމިލީ ކޯޓުގެ އިސްގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލައިފި

1 ސެޕްޓެންބަރު 2022 - 10:39 0

ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީންނަށް ހުޅުވާލައިފި އެވެ.

އެ މަގާމަށް ޝައުގުވެރިވާ ގާޒީން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން ސިޓީއަކުން އެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމަށް މިއަދު ކުރި އިއުލާނެއްގައި ވަނީ އެދިފަ އެވެ.

އިއުލާނުގައި ވާގޮތުން އިސްގާޒީގެ މަގާމަށް ހޮވޭ ގާޒީއަކަށް މުސާރައިގެ ގޮތުގައި ޖުމްލަ 42،375 ލިބޭނެ އެވެ. އެއީ، އަސާސީ މުސާރައިގެ ގޮތުގައި 31،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 1،375ރ. އެވެ.

އޭގެ އިތުރުން ވެސް ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން އިސް ގާޒީއަށް ފޯނު އެލަވަންސެއް ވެސް ލިބޭނެ އެވެ. އަދި، ހަމައެއާ އެކު މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

އިސް ގާޒީގެ މަގާމަށް ޖޭއެސްސީން އިއުލާންކުރީ ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީގެ ގޮތުގައި މީގެ ކުރިން ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ފެމިލީ ކޯޓުގެ އިސްގާޒީއަކަށް އައްޔަންކުރި ހުޒައިފާ ހައިކޯޓަށް އައްޔަނުކޮށްފައި ވަނީ ޖޫން 23 ގަ އެވެ.