Advertisement

މުސްލިމަކު ރޭޕްކުރި 11 ފިރިހެނުން މިނިވަން ކުރުމުން އިންޑިއާގައި މުޒާހަރާ ކުރަނީ

28 އޮގަސްޓު 2022 - 15:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: އީޕީއޭ


މުސްލިމަކު ރޭޕްކުރި 11 ފިރިހެނުން މިނިވަން ކުރުމުން އިންޑިއާގައި މުޒާހަރާ ކުރަނީ

28 އޮގަސްޓު 2022 - 15:52 0

އިންޑިއާގައި މުސްލިމް އަންހެނަަކު ރޭޕް ކުރުމުގައި ބައިވެރިވި 11 ފިރިހެނުން ދޫކުރަން ސަރުކާރުން ނިންމުމުން މުޒާހަރާ ކުރަަމުން އެބަދެ އެވެ.

އެ 11 ފިރިހެނުން ޖަލަށް ލީ ބިލްކިސް ބާނޯ ނަމަކަށް ކިޔާ އަންހެނަކު ރޭޕް ކުރުމުންނެވެ. ގުޖަރާތުގައި 2002 ވަނަަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިނގި ބޮޑު ލޭ އޮހޮރުވުމުގައި އޭނާގެ އާއިލާގެ 14 މެމްބަރުން މަރާލި އެވެ.

ރޭޕް ކުރި ކަމަށް ސާބިތުވެ ބަންދުކުރި 15 ފިރިހެނުން ދޫކުރީ 15 އަހަރުގެ ޖަލު ހުކުމަކަށް ފަހުގަ އެވެ. އެކަމާ ދެކޮޅަަށް މުޒާހަރާ ކުރުމުގައި އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރިވެ އެވެ.

އޭގެ އިތުރުން 100 އަށް ވުރެ ގިނަ ސިވިލް ސާވަންޓުން ސޮއިކޮށް، އުއްތަމަ ފަނޑިޔާރަށް ފޮނުވި ސިޓީއެއްގައި ބުނީ ރޭޕް ކުރި މީހުން ދޫކޮށްލުމުން، މުޖްތަމައުގައި އަންހެނުންގެ ރައްކާތެރިކަމަށް އަސަރު ކުރާނެ ކަމަށެވެ.

އެ 11 ފިރިހެނުން ދޫކުރަން ނިންމިކަން އިއުލާން ކުރީ ގުޖަރާތު ސްޓޭޓްގެ ސަރުކާރުން އޯގަސްޓް 15 ވަނަ ދުވަހު އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާ ދިމާކޮށްފަ އެވެ.

ބިލްކިސް ބާނޯ ބުނީ އެ މީހުން މިނިވަން ކުރުމަަކީ "ނާއިންސާފެއް" ކަމަށާއި އިންސާފަށް އޮތް އިތުބާރު ގުޑާލައިފި ކަމަށެވެ.