Advertisement

ގްރީން ޓެކްސް ނެގޭ ގޮތް ހަދާ އިސްލާހު ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި

28 އޮގަސްޓު 2022 - 13:36 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލް ސަރަހައްދު: ގްރީން ޓެކްސްއަކީ ޓޫރިސްޓަކު ހޭދަ ކުރާ ކޮންމެ ރެއަކަށް ނަގާ ޓެކުހެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގްރީން ޓެކްސް ނެގޭ ގޮތް ހަދާ އިސްލާހު ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި

28 އޮގަސްޓު 2022 - 13:36 0

މިފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނުގެ އިސްލާހުގައި ގްރީން ޓެކްސް ނެގޭނެ ކަމަށް ބުނާ ތާރީހު އުވާލަން ބޭނުންވާ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ޓޫރިސްޓުން އަތުން ނަގަމުން އަންނަ ގްރީން ޓެކްސް ނެގޭނެ ކަމާ މެދު ސުވާލު އުފެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުލައި މަހު ތަސްދީގުކުރެއްވި ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި، އާ ކްލެސިފިކޭޝަންތަކުގެ ދަށުން ގްރީން ޓެކްސް ނަގަން ފަށާނެ ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ 1 ކަމަށް ބަޔާންކޮށްފައިވާތީ އެވެ.

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިގޮތަށް އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ހަ ޑޮލަރު ރޭޓުގައި ގްރީން ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ.

ގާނޫނު ތަސްދީގުކުރި ފަހުން ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން ވަނީ މި ޓެކްސް ނަގަން ޓޫރިސްޓުން އައިސް ތިބޭ ހުރިހާ ތަނަކަށް އަންގާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ދީފައިވާ މައުލޫމާތަކީ ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވާނީ ދައުލަތަށް އެއްވެސް އާމްދަނީއެއް ނުގެއްލޭ ގޮތަށް އެ ބިލުގައި މާއްދާތައް ހިމަނައިގެން ކަމަށެވެ.