Advertisement

ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރުގެ އުދާސްތަކެއް ސަރުކާރަށް

24 އޮގަސްޓު 2022 - 12:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ސަރުކާރާ މެދު ކަންބޮޑުވުންތަކެއް ފާޅުކުރެއްވި.


ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރުގެ އުދާސްތަކެއް ސަރުކާރަށް

24 އޮގަސްޓު 2022 - 12:11 0

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ސަރުކާރަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފ. ނިލަންދޫ ނަރުދަމާ ނިޒާމުގެ ރަނގަޅުކޮށްދޭން ގޮވާލައި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ހުށަހެޅުއްވި ގަރާރަކަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ޝަހީމް ވިދާޅުވީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކާއިރު ފުރަތަމަ ދައުރުގައި ވައުދުވީ ކަންތައްތައް (ކުރުން) މުހިންމު ކަމަށެވެ. ވެފައިވާ ވައުދުތައް ނުފުއްދައި ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ވައުދުވެފައި ހުރި ކަންކަން ބަހައްޓައި، ވައުދުނުވެ ހުރި، އާއިލާގެ ބޭފުޅުންގެ ތަންތަނުގައި އެއާޕޯޓްތައް އެެޅިގެންދާ މަންޒަރު،" ޝަހީމް ވިދާޅުވި އެވެ.

އެވާހަކައަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމްވާނެ ކަމަށް ކަނޑިތީމު ދާއިރާގެ ރައްޔިތުން ތިބީ ފޮނި އުއްމީދެއްގައި ކަމަށެވެ. ރާއްޖެ ކުރިއަރާނީ ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ގާއިމުވެގެން ކަމަށް ވެސް ބުނެ އެމްޑީޕީން ދައްކާ ވާހަކަ ވެސް އޭނާ ތަކުރާރުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވައުދާ އެއްގޮތަށް ށ. ބިލެއްފަހީގައި އެއާޕޯޓެއް އަޅާނެ ކަމަށް ދާއިރާގެ ރައްޔިތުން އުއްމީދުކުރި އެވެ. މަޖިލީހަށް ވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންނާ ގުޅޭ އެފަދަ ވާހަކަތައް ދައްކަވަން ކަމަށާއި އެހެންވީމާ އެ ވާހަކަ ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި މި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް ކަމަށް ވިޔަސް، ގޯސްކޮށްދާ ކަމެއް ރަނގަޅެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ. ވައުދުވެފައި ހުރި ކަންތައްތައް ނުކޮށް، ބަޖެޓްގައި ވެސް ނެތް ކަންކަމަށް އެބޭފުޅުން ދަތުރު ޖެހީމާ އެވާހަކަ އަޅުގަނޑުމެން މި މަޖިލީހުގައި އެބަ ދައްކަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

ދެވަނަ ދައުރެއްގެ ވާހަކަ ދައްކާއިރު ސަރުކާރުން ވިސްނަން ޖެހޭ ކަމަށާއި ދާއިރާގެ ރައްޔިތުން ތިބީ ބަލަން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ބާރަކީ ކުޑަ އެއްޗެއް ނޫންކަމަށާއި ކޮންމެ ފަސް އަހަރަކުން އަންނަ ރައްޔިތުންގެ ބާރަކީ (ވޯޓަކީ) ފައިސާކޮޅަކަށް ގަނެވޭނެ އެއްޗެއް ކަމަށް ވިސްނައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.